މަޝްހޫރު ސީރީޒް އެއް ކަމަށްވާ "ސެކްސް އެޑިއުކޭޝަން" އިން ކޭ3ޖީގެ ސީންއެއް ކޮޕީކޮށްފައި ކަމަށް ބުނެފިއެވެ.

ނެޓްފްލިކްސް އިން ގެނެސްދޭ "ސެކްސް އެޑިއުކޭޝަން" ގެ ސީންއެއްގައި ބޮލީވުޑްގެ ކާމިޔާބު ފިލްމު "ކަބިހުށި ކަބި ގަމް"ގެ ސީންއެއް ކޮޕީކޮށްފައި ކަމަށް ބުނެފައި ވަނީ އެ ފިލްމުގެ ފޭނުންނެވެ.

މިކަން ފެށުނީ ދެ ސީން އެއް ފޮޓޯއަކުން ފެންނަ ގޮތަށް ޓުއިޓާއަށް ލި ފޮޓޯއަކާ އެކުގައެވެ.

ކޮންމެ މާސްޓަރ ޕީސް އަކަށް އޭގެ ޗީޕް ކޮޕީއެއް ވާނެ ކަމަށް މި ޕޯސްޓު ފަރާތުން ލިޔުނު އިރު އެއަށް ކޮމެންޓު ކުރި އެކަކު ބުނީ ސެކްސް އެޑިއުކޭޝަން އަކީ ޗީޕް ކޮޕީ ކަމަށާއި ދެން ހުރީ މާސްޓަރ ޕީސް ކަމަށެވެ.

ސެކްސް އެޑިއުކޭޝަން އަކީ ބްރިޓިޝް ކޮމެޑީ ޑްރާމާ ސީރީޒް އެކެވެ. މި ސީރީޒްގައި ފެނިގެންދަނީ އޯޓިސް ނަމަކަށް ކިޔާ ނޫކަށިފުރައިގެ ޒުވާނަކާއި އޭނާގެ މަންމަ ޖިންސީ ގުޅުން ހިންގުމާ ގުޅޭގޮތުން ތެރަޕީ ދޭ މަންޒަރެވެ. އޯޓިސްގެ ސްކޫލްގައި ދިމާވާ ކަންކަންވެސް މި ސީރީޒްގައި ފެނިގެންދެއެވެ.

ކަރަން ޖޯހަރް އުފައްދާފައިވާ އާއިލީ ޑްރާމާ ފިލްމު ކޭ3ޖީ ގައި ކަރީނާ ފެނިގެންދާ ރޯލަކީ ގިނަބަޔަކަށް ކަމުގޮސްފައިވާ ރޯލެކެވެ. މީގެ އެތައް އަހަރުކުރިން އެ ފިލްމު ނެރެފައިވީނަމަވެސް އަދިވެސް އެތައް ބަޔަކު އެ ފިލްމު ބަލާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިކަހަލަ ހަބަރު ގިނައިން ގެނެސްދޭން ރަނގަޅު މީހުންގެ ދިރިއުޅުން ހަލާކުގެ ތެރެޔައް ވައްދަން.

  2. ނެޓް

    ނުބައިކޮށް ސީރީސްގަ ވާނުވާ ލިޔެފަ

    2
    1