ދަރިއަކަށް އެންމެ ބޮޑަށް އަޅާލާނެ އެކަކަށް ވާނީ އެ ދަރިއެއްގެ މަންމައެވެ. ދިމާވާ ކޮންމެ ކަމެއްގައި ވެސް މަންމަ ހުންނަ އިރު ނުވަ މަހާއި ދިހަ ދުވަސް ބަނޑުގައި އަޅައި ވިހެއުމަށް ފަހުގައިވެސް ދަރިއެއްގެ ހަޔާތުގައި ހުރިހާ ކަމެއްގައި މަންމަ ހުރެއެވެ.

މަންމައެއްގެ ލޯތްބަކީ ނިއުމަތެއްކަން ހާމަވާ ހާދިސާއެއް ދާދިފަހުން ވެސް މިވަނީ ހިނގައިފައެވެ. އިންޑިއާގެ ފުލުހަކު އާންމުކޮށްފައިވާ މި ވީޑިއޯގައި ފެނިގެން ދަނީ ވެއްޓެމުން ދިޔަ ފާރެއްގެ ދަށުން ކުޑަ ކުއްޖަކު ސަލާމަތް ކުރުމަށް އެ ކުއްޖާގެ މަންމަ މަސައްކަތް ކުރާ މަންޒަރެވެ.

ގިނަ ބައެއްގެ ސަމާލުކަން މި ވީޑިއޯއަށް ލިބެމުންދާ އިރު މި ވީޑިއޯގައި ފެނިގެން ދަނީ ފާރެއް ކައިރީ ތުއްތު ކުއްޖަކާއި އެ ކުއްޖާގެ މަންމަ ހުއްޓާ ފާރު އެ ދެމައިންގެ ބޮލަށް ވެއްޓުން އުޅުމުން ތުއްތު ކުއްޖާ ސަލާމަތް ކުރުމަށް އެ ކުއްޖާގެ ގަޔަށް ފާރު ނުވެއްޓޭގޮތަށް މަންމަ ހުއްޓިގެން ހުރިތަނެވެ. އަދި މަންމަގެ ބޮލަށް ފާރު ވެއްޓިފައިވާ ތަން ވީޑިއޯ އިން ފެނެއެވެ.

މަންމަ، އެ ކުއްޖާ ސަލާމަތް ކުރީ މަރުގެ އެތިފަހަރަކުންނެވެ.

މި ހާދިސާ ހިނގިތާ ކުޑައިރުކޮޅެއް ފަހުން އެ ކުއްޖާގެ ބައްޕަ އައިސް އެމީހުން އެތަނުން ސަލާމަތް ކުރިއެވެ. ބައްޕަ އައިސް ތުއްތު ކުއްޖާ ނަގައިގެން ދިޔައިރު މަންމަ އަމިއްލަ އަށް ތެދުވެގެން ވަނީ ގޮސްފައެވެ. އަދި މަންމަ އަށްވެސް ތުއްތު ކުއްޖާއަށްވެސް ގެއްލުމެއް ނުވެއެވެ.

މި ވީޑިޔޯ އިންޓަނެޓްގައި ދައުރުވަމުންދާއިރު ގިނަ ބަޔަކު ދަނީ އެ މަންމަ އަށް ތައުރީފް އަދާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ތުއްތުނާ

  ރޭވުމަކުންކުރިކަމަކާވައްތަރީ.. ފިރިމީ ހާ ދުވެފައިއެއަންނަނީ ފާރުކޮއްޕާލާފަ .. އެއީ ރާނާފައި ހުރިފާރެއްނޫން..

  15
  2
 2. އިސްޢާފް ސަލީމް

  އަނބިމީހާގެ ބަސްއަހައިގެން ، ދެބުރި އެދެއްގެ މަތީ އެދުގައި އޮތް މަންމަ މަރާލުމަށްޓަކައި ދަރިފުޅު ވަޅިއެއްހިފައިގެން ބިތަށްއަރަން އުޅުނެވެ. އެވަގުތު ދަރިފުޅުގެ ފައި ކަހަލައިގެން ވެއްޓެން އުޅެނިކޮށް މަންމަ އެއްލިއަތުން ދަރިފުޅުގެ ހެދުމުގައި ހިފެހެއްޓުނެވެ. އަދި ބުންޏެވެ. " މަގޭ ދަރިފުޅާއެވެ. ދަރިފުޅު ސަލާމަތްވީކަމަށްޓަކައި ޙަމްދު ހުއްޓެވެ. މަންމަ މަރުވިޔަސް ދަރިފުޅު ސަލާމަތްވަނިކޮށް މަންމައަށް އެ ފުދުނީއެވެ." މައިމީހާގެ ހެޔޮކަން ފެނި ދަރިފުޅު މަޢާފަށްއެދި އަނބިމީހާ ވަރިކޮށްފައި ފޮނުވައިލިއެވެ.

  19
  1
 3. ހޯސް

  ބައްޕަ ފުރަތަމަވެސް ބްލޭމްކުރާނީ މަންމައަށް ބުނާނީ ރަނގަޅަށް ނުބެލޭތި ވާހާގޮތްގޮތޭ