މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ ރުޅި އައިސްފައިވާ މީހަކު ގެއެއްގެ ފާހަނައިގެ ޝަވަރު ބޮޑު މަރުތޭލެއް ބޭނުންކޮށްގެންް ތަޅާލާ މަންޒަރެވެ. މިއީ އޭނާ އެ ފާހަނަ މަރާމާތްކޮށްގެން ފައިސާ ނުދިނުމާއި ގުޅިގެން ކުރި ކަމެކެވެ.

މީީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކޮލޮރަޑޯގައި އަމްބާ ޓްރަކީ ނަމަކަށް ކިޔާ އަންހެނަކު ޑްރީމް ހޯމް ރީމޮޑެލްސް އަށް އެ މީހުން ކުރި މަސައްކަތަށް ފައިސާގެ ގޮތުގައި ދީފައި ވަނީ 3330 ޑޮލަރެވެ. އަސްލު އޭނާ އެ ކުންފުންޏަށް 7،555 ޑޮލަރު ދައްކަން ޖެހެއެވެ. އެހެން ނަމަވެސް އެ ކޮންޓްރެކްޓަރު ކުރި މަސައްކަތްތައް އޭނާއަށް ހިތްހަމަ ނުޖެހުނީއެވެ. އެހެންވެ އޭނާ ބޭނުންވީ އެތަން ރަނގަޅަށް އިންސްޕެކްޓް ކުރުމަށްފަހު ބާކީ ފައިސާ ދޭށެވެ.

އެ އަންހެން މީހާ ބުނީ، އެ ފާހަނަ ބަލާފައި އޭނާ ބޭނުންވީ ވަރަށް ބޮޑަށް ހައިރާންވާ ވަރު ވާން ކަމަށެވެ. ނަމަވެސް އެހެން ނުވަ ކަމަށް އޭނާ ބުންޏެވެ. އަދި މިދިޔަ ހުކުރު ދުވަހު އެ ކުންފުނިން އެތަނަށް އަނބުރާ އައިސް އަލުން މަސައްކަތްތައް އަސްލު އޭނާ ބޭނުންވާ ގޮތަށް އެތަން ހަދާނެ ހެން ހީވި ކަމަށް ބުންޏެވެ.

އެހެން ނަމަވެސް އެ ކުންފުނީގެ ވެރިންގެ ގޮތުގައި ހިމެނޭ ދެ މީހަކު އައިސް މަރާމާތު ކުރި އާ ޝަވަރު ހަލާކުކޮށްލާފައި ދިޔައީ ކަމަށް އޭނަ ބުންޏެވެ.

https://twitter.com/GrindFaceTV/status/1439967361218465798

އެ ކުންފުނީގެ ވެރިން އެ ފާހަނައަށް ގެއްލުންދޭ ވީޑިއޯ މިސް މީޑިއާގައި އާއްމުވެފައިވާއިރު، އެ ވީޑިއޯގައި ފިރިހެން މީހާ ވަނީ އޭނާ އެތަން މަރާމާތު ކުރުމަށް އެތައް ހަފްތާއަކާއި، އެތައް ފައިސާއެއް ހޭދަ ކުރި ކަމަށެވެ. އެއިރު އޭނާ ދިޔައީ ފާރުގައި މަރުތެލިން ޖަހަމުންނެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ އެކަން ހުއްޓާލުމަށް އެެދެއެވެ. އަދި ފިރިހެން މީހާ އޭނާއަށް އަނބުރާ ފައިސާ ދޭން އުޅޭތޯ ސުވާލު ކުރެއެވެ.

އަދި އޭނާ ވަނީ ކޮލަރަޑޯ ސްޓޭޓްގެ އެއްވެސް މީހަކު ދެން މިތަން މަރާމާތް ނުކުރާނެ ކަމަށް ބުނެފައެވެ.

އެ ވީޑިއޯ އާއްމުވުމުން ގިނަބަޔަކު އަރާފައި ވަނީ އެ ކުންފުންޏާއި އެއްކޮޅަށެވެ. އަދި އެ މީހުންނަށް ހައްގުވާ ފައިސާ ދޭން ޖެހޭނެ ކަމަށް ގިނަބަޔަކު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮޑުބެ

    ކޮންމެސް ރަށެއްގަ ހުރި ޖާބެގެ ގެސްޓްހ ހައުސް މަތިން ހަދާންވަނީ ހަމަ

    3
    1
    • ސޮއި

      ތީތި ކަޑަ.
      ތިކޮމެންޓް ތިކުރީ ނަފްރަތު އުފައްދައި ބައެއްގެ ތެރޭ ހަމަނުޖެހުމަށް ހިތްވަރުދޭން.

      2
      1