ސުޕަރކަރ ބްލޮންޑީ ނުވަތަ އަސްލު ނަމުން ނަމަ އެލެކްސެންޑްރާ މޭރީ ހާށީ ރާއްޖެ އައިސްފިއެވެ.

އޮސްޓްރޭލިއާއަށް އުފަން އުމުރުން 36 އަހަރުގެ އެލެކްސެންޑްރާ އަކީ ކާރުތައް ދެކެ ލޯބިވާ އެތަކެތި އޭނާގެ އަމިއްލަ އިންސްޓަގްރާމް ޕޭޖުގައި ހިއްސާކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މީހެކެވެ.

ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓިފައި ވަނީ އަލަށް ބާޒާރަށް ނެރޭ ކާރު އެހެން މީހުންނަށްވުރެ ކުރިން އޭނާ ބަލައި، ދުއްވާފައިވާތީއެވެ.

އޭނާ ވަނީ ކާރުތައް ބެލުމުގެ ގޮތުން ދުނިޔޭގެ އެކި ގައުމުތަކަށް ޒިޔާރަތް ކޮށްފައެވެ. އެގޮތުން މިހާރު އޭނާ ރާއްޖެ އައިސްފައިވާއިރު، އޭނާ އައިސްފައިވަނީ ޗުއްޓީ ހޭދަ ކުރަން ކަމެއް ނުވަތަ ރާއްޖޭގައި ތިބި ކާރުތައް ބަލަން ކަމެއް އެނގިފައެއް ނުވެއެވެ.

އޭނާ ރާއްޖެއަށް އައިސްހުރިއިރު، މިވަގުތު އޭނާ ހުރީ ގއ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުގައެވެ. އޭނާ ރާއްޖެ އައިސްފައިވާކަން އޭނާ ވަނީ އިސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

2015 ވަނަ އަހަރު އިންސްޓަގްރާމްގައި ކާރުތަކާއި އެކީ އޭނާ ފޮޓޯތައް ހިއްސާ ކުރަން ފެށިއިރު، އޭނާގ ތިބީ އެންމެ 300 ފޮލޯވަރުންނެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް އެ އަދަދު ވަނީ 9.2 މިލިއަނަށް އަރާފައެވެ.

އެލެކްސެންޑްރާ އަކީ ހަމަ އެކަނި ކާރުތައް އިންސްޓަގްރާމްގައި ހިއްސާ ކުރާ މީހެއްނޫނެވެ. އޭނާގެ އަމިއްލަ ވަރަށް ބައިވަރު ކާރުތައް ވެސް ހުރެއެވެ. އެގޮތުން ބަލާއިރު، ދުނިޔޭގެ އެންމެ އަގު ބޮޑު ކާރުތަކުގެ ތެރޭގައި ހިމެނޭ ފަސް ކާރަކީ އެއީ އޭނާގެ އަމިއްލަ ކާރެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޚާރު

    ރާއްޖޭގަ ހުރި ކާރުތައް ބަލާށޭ!!! ކާކުގެ ދަރިއެއް ތީ!

    37
    6
  2. ޑައިވަރޭ

    ރާއްޖޭގަ ހުރި ކާރުތައް ބަލާލަން ބޭނުމިއްޔާ ޕޮލިސް ޓޯޔާޑަށް ދާންޖެހޭނީ

    26
    1
  3. ބަހުގެ ހަމަ

    ރާއްޖޭގައި ތިބި ކާރުތައް
    އޭނާގ ތިބީ އެންމެ 300 ފޮލޯވަރުންނެވެ.

    10
    3
  4. އުންސުރު ކުޑޭ

    ވަހީދު ބޭ ގެ ބީއެމް ޑަބުލިއު ކާރު ކޮޅު ހިއްޕަވަންވެގެން އާއި ކަމަށް ވެދާނެ!

    12
  5. އާސިދާ

    މޮޅުވާހަކަދައްކާ ދިވެހިންބޮލައްޗިޕް ޖަހަންނޫޅެބަލަ

    10
    3
  6. ހހެ

    ރާއްޖޭގެ ސުޕަކާ ހުރީ މުޅިންވެސް ބުރިބުރި ގެެނެސް ހަރުގޭގަ ބަންދެފަ ހެހެހެ

    14
  7. ޓިކްޓޮކް

    ހޫ ކެއާރސް

  8. ލަކްނައު

    އެ އައީ އޭނާގެ ކާރު ދައްކަން.

    4
    1