އިންޑިއާގެ ކުޅަދާނަ ލަވަ ކިޔުންތެރިޔާ ރާހުލް ވިދްޔާ އާއި އޭނާގެ އަލަތު އަނބިމީހާ ދިޝާ ޕަރްމާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ދިޝާގެ ދެމެފިރިން ރާއްޖެއަށް އައީ ރާހުލްގެ އުފަން ދުވަސް ފާހަގަ ކުރުމަށާއި ދެ މީހުން ހަނީމޫން ހެދުމަށެވެ. ރާހުލްގެ އުފަން ދުވަސް ސެޕްޓެމްބަރު 23 ގައި ފާހަގަކޮށްފައިވާ އިރު މިހާރު މި ދެމެފިރިން ތިބީ ކަނޑިންމަ ރިސޯޓުގަައެވެ.

ހަތުރޯންކާ ކިލާޑީ ނިންމާލުމަށްފަހު މުމްބާއީގައި މިދެމީހުން ކައިވެނިކުރީ އާއިލާއާއެކު ބޭއްވި ކުޑަ ހަފްލާއެއްގައެެވެ.

ރާއްޖޭގައި ދެމަފިރިން ހޭދަކުރަމުންދާ ޗުއްޓީގެ ފޮޓޯތައް މީސްމީޑިއާގައި ފޭނުންނާއި ހިއްސާކުރަމުންދާއިރު ގިނަ ފަރާތްތަކަކުން ދަނީ ދެމެފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

ދިޝާ ޕަރްމާގެ އިންސްޓަގްރާމުގައި ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް އާންމުކުރާ އިރު އޭނާގެ 1.5 މިލިއަން ފޭނުންނަށް މި ފޮޓޯތައް ފެންނާނެއެވެ.

ރާހުލް ވިދްޔާ އެންމެ ބޮޑަށް މަޝްހޫރުވީ އިންޑިޔަން އައިޑޮލް އެކެއްގައި ފެނުނު އިރުގައެވެ.

ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު