ދިވެހި ފިލްމީ ދާއިރާގެ އުހުގައި ފިޔަ ޖަހަމުން އަންނަ ކުޅަދާނަ ބަތަލާ ރިޝްމީ ރަމީޒް އަކީ ޔާރާ އާއިލާ އިން ފިލްމީ ދާއިރާ އަށް އުފަންވި އެންމެ ތަފާތު އެއް ނަމެވެ. އޭނާ ކުޅެފައިވާ ތަފާތު ރޯލުތަކުން އޭނާ ވަނީ ބެލުންތެރިންގެ ހިތް ދަމައިގަނެފައެވެ. ހަމައެހެންމެ އޭނާގެ ފިރިމީހާ ރަވީ ފާރޫގް އަކީ އޭނާ އާއި ވާދަކޮށްލެވޭނެ ދެވަނަ ފަންނާނެއް ނެތް ފަދަ ކުޅަދާނަ ނެށުންތެރިއެކެވެ.

ތަފާތު ކޮރިއޮގްރާފީތަކާއި އެކު ދިވެހިންގެ ތެރެއަށް ނެށުމުގެ ވައްޓަފާޅި ތައާރަފްކޮށްދިން އެއް ނަމަކަށް ހަމަގައިމުވެސް ރަވީ ވާނެއެވެ. މީގެ އިތުރުން ރަވީ އަކީ އޭނާ އާއި ހަވާލު ކުރި ކޮންމެ ރޯލެއް އަދާކުރުމުގައި ކުޅަދާނަ ފަންނާނެކެވެ. އޭނާގެ ހުނަރުވެރިކަމާއި މެދު ސުވާލެއް ނެތެވެ.

ރަވީ އާއި ރިޝްމީ ކައިވެނި ކުރީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 25 ވަނަ ދުވަހު ކަމަށް ވާއިރު މި ދެ ތަރިންގެ ކައިވެންޏަށް އަހަރު ފުރުމާއި، ކައިވެންޏަށްވީ މުއްދަތު ގުނުމުގައި ބޭނުން ކުރާ ބަސްމަގު ވަރަށް ތަފާތެވެ. ކައިވެންޏަށް 30 މަސް ފުރުމާއި ގުޅިގެން ދެ މީހުން އެކަކު އަނެކަކާއި އެކު ނަގާފައިވާ ފޮޓޯތަކާއި އެކު ލޯބި މެސެޖުތަކެއް މީސްމީޑިއާ އަށް ވަނީ ދޫކޮށްލާފައެވެ. އެ ދެ މެސެޖުގައި ވަނީ އެ ދެ މީހުންގެ "30 ވަނަ 25" ފާހަގަކުރާ ކަމަށް ބުނެފައެވެ.

ރިޝްމީ ރަވީ އަށް ޚާއްސަކުރި މެސެޖަކީ ވަރަށް ތަފާތު އެހާމެ ލޯބި މެސެޖެކެވެ.

"އުފާވެރި ތިރީސް ވަނަ ފަންސަވީހަކަށް އެދެން ލޯބިވާ ފިރިމީހާ، ތިހާ ރަނގަޅު މީހަކަށް ވުމުން ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަހަންނާއި އެކުގައި ނެތް ނަމަ ކުރާނެ ކަމެއް ނޭނގޭ. ވަރަށް ބޮޑަށް ލޯބިވޭ." ރިޝްމީގެ މެސެޖުގައިވެއެވެ.

 

View this post on Instagram

 

A post shared by RISHMY RAMEEZ (@rishmyyr)

ރަވީ އޭނާގެ އިންސްޓަގްރާމްގައި ދެމަފިރިންގެ ފޮޓޯއަކާއި އެކު ހިއްސާކުރި ފޮޓޯގައި ވަނީ ތިރީސް ވަނަ ފަންސަވީސް ފާހަގަކޮށްލަނީ ކަމަށް ބުނެފައެވެ. އަދި އަނބިމީހާ ދެކެ ވަރަށް ލޯބިވާ ކަމަށް ވެސް ރަވީ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Ravee Farooq (@raveefarooq)

ރަވީ އާއ ރިޝްމީގެ ޖޯޑަކީ ވަރަށް ސާދާ ޖޯޑެކެވެ. އެ ދެ މީހުންނަކީ އެކަކު އަނެކަކު ދެކެ ލޯބިވާ މިންވަރު ހާމަކުރަން ޖެހިލުންވާ ބައެއް ނޫނެވެ. މީގެ އެތައް އަހަރެއް ކުރިން ފިލްމީ ދާއިރާ އަށް ރިޝްމީގެ އަލަތު ދުވަސްވަރު "ނޭނގި ބުނުން ހިތްދޭހިތްވަންޏާ"ގެ ލަވަ އާއި އެކު ފެނުނު ކެމިސްޓްރީ އަދިވެސް އެ ދެ ތަރިންގެ ފަރާތުން ދަނީ ފެންނަމުންނެވެ. އެކުވެރިކަމުން ފެށުނު ގުޅުން ލޮތްބަށް ބަދަލުވެ، ކައިވެންޏާއި ހަމައަށް ދިޔަ އިރު މިއީ ފިލްމީ ދާއިރާގައި އެންމެ ގިނަ ބަޔަކު ބަލައިގަންނަ އެއް ޖޯޑެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙުސެން

    ދެން މަށަށް ކީތް

    11
    1
  2. Anonymous

    ދެން އައްޗީޑި

    11
    4
  3. Anonymous

    ރިޝްމީ މަވެސް އެބަހުރީމޭ.

    4
    3
  4. Anonymous

    ރަވީ ނެތް ނަމަ ދުނިޔެވެސް އާޚިރަތް ވެސް ގެއްލުނިއްޔޭ މުރާދަކީ. ޤަބޫލުކުރާނެ މީހަކު ޤަބޫލުކޮއްފާނެ. އެކަމަކު އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. ސަބަބަކީ އަޅުގަނޑަކީ ﷲ އާއި އެކަލާނގެ ފޮތަށް އީމާންވެގެން ހުރި މީހެއް ކަމަށް ވާތީ..