ބޮލީވުޑުގެ ފަންނާނުންގެ ތެރެއިން އަހުލާގީ ގޮތުން އެންމެ ރަނގަޅު އެއް ފަންނާނެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރާ ބޮލީވުޑުގެ ސްޕަރސްޓަރ ''ކިންގް ޚާން'' ޝާހުރުކް ޚާން ނޫސްވެރިއަކާއި މުހާތަބުކުރި ގޮތުން ޖަލަށްދާން ޖެހުނު ކަމަށް އޭނާ ބުނެފިއެވެ.

ޝާހުރުކް ޚާން އިންޓަވިއުއެއްގައި ބުނެފައިވަނީ ގައުރީީ ޚާނާއި ކައިވެނި ކުރިތާ ދެ އަހަރު ފަހުން އެއިރު އޭނާ ކުޅެމުން ދިޔަ ފިލުމު ''ކަބީ ހާން ކަބީ ނާ'' ގެ ބަތަލާއާއި ޝާހުއާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނެ ޚަބަރެއް ލިޔުނު ކަމަށެވެ.

އެ ޚަބަރުގެ ސަބަބުން ގައުރީއަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. ޝާހުއާއި ކައިވެނި ކުރެވުނީތީ އެކަމާ ހިތާމަ ކުރިކަމަށް ޝާހް ބުންޏެވެ. އެހެންވެ ޝާހުގެ ރުޅި އިތުރަށް ގަދަވެ، ޚަބަރު ލިޔުނު މީހާއާއި ވަރަށް ހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ބުންޏެވެ.

އަދި ކައިވެނި ކުރި ދުވަހު ގައުރީގެ ބައްޕަ ދިން ކަނޑިއެއް ހިފައިގެން ޝާހް އެ ނޫސްވެރިޔާގެ ގެއަށް ގޮސް ވަރަށް ހުތުރު ބަހުން ވާހަކަ ދައްކާ، އެ މީހާގެ ފަައިގައި ކަނޑިން ޖެހިއެވެ. އެއަށްފަހު ފިލުމު ޝޫޓިންއަށް އެނބުރި ދިޔައެވެ.

ފިލުމުގެ ސެޓުގައި ހުއްޓާ ފުލުހުން އައިސް ޝާހު ގެންދިޔައެވެ. އަދި ސްޓޭޝަންގައި ގޮނޑީގައި އިށީންނަން އުޅުމުން އޮފިސަރުގެ ރުޅިއައިސްފައި ކޮޅަށް ހުރުމަށް ބުންޏެވެ.

އެންމެ ފޯނު ކޯލެއް ކޮށްލުމުގެ ފުރުސަތު ލިބުމުން ބަދަލު ހިފުމުގެ ފޯރީގައި ހުރި ޝާހު ގުޅީ ނޫސްވެރިޔާއަށެވެ. އަދި ޖަލުން ނިކުތުމަށްފަހު އެމީހާއަށް އަނިޔާ ކުރާނެ ކަމަށް ވެސް ބުންޏެވެ.

ޝާހު ޖަލުން ނެރެދިނީ އެކްޓަރ ނާނާ ޕަޓޭކަރު ކަމަށް ވެސް މި އިންޓަވިއުގައި ޝާހު ބުނެފައިވެއެވެ.