ބޮލީވުޑުގެ އެކްޓަރ ސައިފު ޢަލީ ޚާން އޭނާގެ ތިން ފިރިހެން ދަރިން ކަމުގައިވާ އިބްރާހިމް ޢަލީ ޚާނާއި، ތައިމޫރު ޢަލީ ޚާނާއި، ޖެހަންގިރް ޢަލީ ޚާނަށް، އެކްޓު ކުރުމާއި ގުޅޭގޮތުން ނަސޭހަތް ދީފިއެވެ.

ސައިފު ޢަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ ޢަލީ ޚާނަކީ މިހާރު ވެސް ބޮލީވުޑުގައި ފާހަގަ ކޮށްލެވޭ ހުނަރުވެރި ބަތަލާއެކެވެ. ފިރިހެން ދަރިފުޅު އިބްރާހިމް ޢަލީ ވެސް ފިލްމު އިންޑަސްޓްރީއަށް ވަނުމަށް ތައްޔާރުވަމުންދާއިރު، ތައިމޫރުއާއި ޖެހް އަދި އިބުރާހިމަށް ހާއްސަކޮށް ސައިފު ދީފައިވާ މި ނަސޭހަތަކީ އިންޑަސްޓްރީއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ވަރަށް އަގުހުރި ނަސޭހަތެކެވެ.

''އިންޑަސްޓްރީގައި ތިބާގެ ވަށައިގެން އެތައް ބައެއް އުޅޭނެ. ސްޕަރ ސްޓާރުންނާއި ހުނަރުވެރި އެކްޓަރުން. އެ އެންމެންގެ ފަރާތުން ވެސް ދަސްކުރަން ޖެހޭނެ. ރަނގަޅު ކަންތައްތައް ބަލައިގަންނަން ވާނެ. މިއީ ބުނަން ފަސޭހަ ނަމަވެސް ކުރަން އުދަނގޫ ކަމެއް. ގޯސް ހެދުމަކީ މައްސަލައެއް ނޫން. ނަމަވެސް އެކަމުން ފިލާވަޅެއް ލިބިގަންނަން ވާނެ. މުނިފޫހިފިލުވުމުގެ ދާއިރާއަށް ޚިދުމަތް ކުރުމުގައި ދަސްކުރުމަށް ލަދުގަނެގެން ނުވާނެ'' އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި ސައިފު ބުނެފައިވެއެވެ.

ސައިފު ޢަލީ ޚާނުގެ ދޮށީ ދެދަރިން ކަމުގައިވާ ސާރާ ޢަލީ ޚާނާއި އިބުރާހިމް ޢަލީ ޚާނަކީ ސައިފުގެ ކުރީގެ އަނބިމީހާ އަމްރިތާ ސިންގްއަށް ލިބިފައިވާ ދެ ކުދިންނެވެ.

ތައިމޫރު ޢަލީ ޚާނާއި ޖެހަންގިރް ޢަލީ ޚާނަކީ ކަރީނާ ކަޕޫރާއި ސައިފު ޢަލީ ޚާނަށް ލިބިފައިވާ ދެ ކުދިންނެވެ.

ސައިފުގެ މި އާއިލާގައި ވެސް ގިނައީ ފިލުމީ ފަންނާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިއިން އެނގޭ އެއްޗަކީ މުސްލިމް ނަންތަކެއް ކިޔަސް އަދި އެއީ މުސްލިމަކަށް ނުވާނެއޭ. މުސްލިމުންގެ ތެރޭގައި މުނާފިޤުންވެސް އުޅޭ..ސައިފަކީ ކާފަރެކޭ ބުނަނީއެއް ނޫން.މި ދަންނަވަނީ
    ކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަސާރާއަކަށް ނުވަތަ މަޖޫސީއަކަށް ވެސް ހަދަނީ މައިންބަފައިންނޭ..އިންސާނާގެ ފިޠުރަތަކީ ސާފުޠޯހިރު އެއްޗެއްް
    ދެން ލިޔާ ޚަބަރެއްގާ ލުޤްމާން ސޫރަތް ކިޔާލާފައި ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަޞޭހަތްޕުޅުތައް ލިޔެލަދިނުން އެދެން. އޭގެ ފައިދާ ކުރާނީ ހަމަ ރައްޔިތުންނަށް.
    އަދި އެއްވާހަކަ ދަންނަވައިލިޔަ ދެއްވާ! އަޅުގަނޑު ހިތުން ދީނީ ގޮތުން ކަންކަމުގެ އެކޮޅު މިކޮޅު އެނގި ބަޔާންވާން ފެށުމުން މިޒާތުގެ ޝައިޠާނީ އިންޑަސްޓްރީގެ ޚަބަރުތައް މަތިންވެސް ފޫހިވެ އެމީހުން ދެކެވެސް ފޫހިވާން ފަށާނެ. މުސްލިމް ނަންމަތީގައި އެމީހުންގެ ތެރެއިން ނިކުންނަ ދެއުޅިއެއްް ނުވާ ސޭކުންގެ މަތިންވެސް ފޫހިވާން ފަށާނެ.އިންޝާﷲ....

    12
    1
  2. އެކްސް

    ގޯސް ކަންކަން ޕްރޮމޯޓް ކުރުމަކީ ފާފަ ލިބޭނެކަމެއް

    2
    1