"ހަތުރޯން ކޭ ކިލާޅީ 11" އަރްޖުން ބިޖްލާނީ ކާމިޔާބުކޮށްފިއެވެ.

ކަލާޒް ޓީވީގެ ސްޓަންޓް ރިއަލިޓީ ޝޯވ އެއް ކަމަށްވާ ހަތުރޯން ކޭ ކިލާޅީ އަރްޖުން ކާމިޔާބު ކުރީ ވިޝާލް އަދިތުޔާ ސިންގ އާއި ދިވްޔަންކާ ތުރިޕާޓީ ވާދަކޮށްގެންނެވެ.

މި ޝޯވ ގައި ދެވަނަ ހޯދާފައި ވަނީ ދިވްޔަންކާ އެވެ. ރޭސް ކާމިޔާބު ކުރުމުގައި އޭނާ އާއި އަރްޖުން އާއި ދެމެދުގައި ހުރީ އެންމެ 20 ސިކުންތުގެ ތަފާތެއްކަން ފާހަގަ ކުރެވެއެވެ.

މި ޝޯގެ ފަހު ސްޓަންޓުގެ މެދުތެރެއިން ވިޝާލް ވަނީ ސްޓަންޓް އެބޯޓް ކޮށްފައެވެ. އޭގެ ސަބަބުން އޭނާ ވަނ ތަށީގެ ރޭހުން ބޭރުވެފައެވެ. މިފަހަރުގެ ޝޯވ ގައި ދެން ބައިވެރިވީ ވަރުން ސޫދާއި ޝްވޭތާ ތިވާރީގެ އިތުރުން ރާހުލް ވެއިދިޔާއެވެ. މި ތިން ބައިވެރިންވެސް ވަނީ ފައިނަލްގެ ފުރަތަމަ ބުރުން ކަޓާފަ އެވެ.

އެންމެ ފުރަތަމަ ރޭހުން ކަޓާފައި ވަނީ ޝްވޭތާ ތިވާރީ އެވެ. އޭގެ ފަހުން ވަރުން ސޫދް ކެޓިއެވެ. އެންމެ ފުރަތަމަ ޓާސްކެއް ހަދަން ޖެހުނީ ވިޝާލް އެވެ. ނަމަވެސް އޭނާ ފެނަށް ބިރުގަންނާތީ އޭނާ އަށް އެ ޓާސްކު ފުރިހަމަ ނުކުރެވުނެވެ.

މިފަހަރުގެ ޝޯވ ކާމިޔާބު ކުރި އަރްޖުން އަށް ވަނީ އިނާމެއްގެ ގޮތުން ކާރެއް ލިބިފަ އެވެ. މި ޝޯވ އަކީ އިންޑިޔާ އާއި އިންޑިޔާއިން ބޭރުގައި ޝޫޓް ކޮށްފައިވާ ޝޯވ އެކެވެ. އެގޮތުން ކޭޕް ޓައުން އާއި އެފްރިކާގައިވެސް މި ޝޯވ ގެ ޝޫޓިން ނަގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު