މިލިއަނެއްހާ އެންޑްރޮއިޑް ފޯނުން ޔޫޓުއިބާ، ގޫގުލް މެޕް މިއަދު ބްލޮކް ކުރަން ގޫގުލް އިން ނިންމައިފިއެވެ.

ގޫގުލް އިން ބުނީ ފޯނު އަޕްޑޭޓް ނުކުރާ ނަމަ ގޫގުލް މެޕް، ޔޫޓުއިބް ފަދަ އެޕްތަކަށް ނުވަދެވޭ ގޮތް ހަދާނެ ކަމަށެވެ. މިފަދަ ކަމެއް ދިމާވުމުގެ ކުރިން އެޕްތައް އަޕްޑޭޓްކޮށް ފޯނު އަޕްޑޭޓް ކުރުމަށް ގޫގުލް އިން ވަނީ ބުނެފައެވެ.

ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގޫގުލް އިން އަބަދުވެސް އާ ކުރަންޖެހޭ ސޮފްޓްވެއާ އަށް ނެރެފައި ވަނީ 2010 ވަނަ އަހަރުއެވެ. ގޫގުލް އަކީ އެންޑްރޮއިޑް ކަސްޓަމަރުންނާއި އެޕަލް ކަސްޓަމަރުންވެސް ބޭނުންކުރާ މަގުބޫލު އެޕްލިކޭޝަނެކެވެ.

އެމެރިކާގެ ކެލިފޯނިޔާގެ ކުންފުންޏެއް ކަމަށްވާ ގޫގުލްގެ އާ އަޕްޑޭޓް ނެރުމުން ކުރީގެ އަޕްޑޭޓްގެ ބޭނުން ކުރެވޭ މިންވަރު މަދުވެއެވެ. އަދި ރައްކާތެރިކަންވެސް ކުޑަވެއެވެ. އަދި ގޫގުލްގެ ހިދުމަތް ފަސޭހައިން ރައްކާތެރިކަމާއެކު ހޯދަން ބޭނުންވާ ނަމަ އެޕްލިކޭޝަން އަޕްޑޭޓް ކުރަން މަޖުބޫރުވެއެވެ.

އެންޑްރޮއިޑްގެ އެންމެ ފަހުގެ އަޕްޑޭޓް އަކީ އެންޑްރޮއިން 11 އެވެ. ފޯނު އަޕްޑޭޓް ނުކުރާ ނަމަ ގޫގުލް އަންނަ އިރު ޔޫޒާނޭމް އަދި ޕާސްވޯޑްވެސް ނުބައި ކަމަށް އަރާނެއެވެ. މިއަދު ގޫގުލް ކަލެންޑާއަށްވެސް ވަނުމުގައި ދަތިތަކާ ކުރިމަތިވާނެއެވެ.

ކުރީގެ ބައެއް ފޯނުތަކުން އެންޑްރޮއިޑް އަޕްޑޭޑް ނުކުރެވޭނެއެވެ. އެ ފޯނުތަކުގެ ތެރޭގައި ސެމްސަން އެސް2، ސޮނީ އެކްސްޕީރިޔާ އެޑްވާންސް، ލެނޯވޯ ކޭ800، ސޮނީ އެކްސްޕީރިޔާ އެސް އަދި މޮޓޮރައްލާ ފަޔާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު