އެމެރިކާގެ ސެންޓްރަލް ފްރޮލިޑާގެ ޕްރޮފެސަރަކު އޭނާގެ ދަރިވަރަކަށް ޖެއްސުންކޮށް ޖިންސީ ގޮތުން ފައިދާ ހޯދުމަށް މެސެޖް ކުރާ ކަމުގެ ތުހުމަތުގައި ޕްރޮފެސަރެއް ހައްޔަރުކޮށްފިއެވެ.

ޕްރޮލިޑާގެ ފުލުހުން ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ އަހަރެއް ވަންދެން އޭނާގެ ދަރިވަރަކަށް ޖެއްސުން ކުރުމުގެ ގޮތުން މެސެޖް ކުރަމުން ދިޔަ 28 އަހަރުގެ އެސިސްޓެންޓް ޕްރަފެސަރެއް ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މިޕްރަފެސަރާއި މިދަރިވަރާއި އެންމެ ފުރަތަމަ ގާތް ގުޅުމެއް އުފެދުނީ ޔުނިވަރސިޓީގެ އެސައިމެންޓްއެއްގައި ޕްރަފެސަރގެ އެހީތެރިކަމަަށް މިދަރުވަރު އެދުނު ހިސާބުން ކަމަށެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން މިދެމީހުން ލޯބީގެ ގޮތުން ގުޅުނު ކަމަށާއި އަދި ދިމާވި މައްސަލަ ތަކަކެއްގެ ސަބަބުން މިދެމީހުން ރުޅިވި ކަމަށް ފުލުހުންގެ ތަޙްޤީޤަށް އެނގިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިމީހާގެ ހައްޔަރުކޮށްފައިވަނީ މިދަރިވަރަށް އުދަގޫކޮށް މިދަރިވަރަށް ފާރަލާކަމަށް މިދަރިވަރު ފުލުހުންނަށް ހުށަހެޅުމުން ކަމަށާއި ފުލުހުން މިމައްސަލަ ތަޙްޤީޤް ކުރަމުންދާކަމަށެވެ.

ފުލުހުން މިޕްރަފެސަރުގެ ފޯން ހިފަހައްޓާ ބެލި އިރު، މި ދަރިވަރަށް 800 މެސެޖް ދުވާލެއްގެ މައްޗަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ޕްރަފެސަރ މިހާރުހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮލެޖް

    ހައްޔަރުކުރީ ޕްރޮފެސަރ އުގޭލުތަ.

  2. ހުސޭނުބޭ

    ކްލާހަށް ހާސިރުނުވާ ކުއްޖަކަށް ބައޮލޮޖީ ފިލާވަޅުތައް މެސެޖްކުރުމަކީ މައްސަލައެއްނޫން. މި ޒަމާނަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް ކިޔަވާދޭ ޒަމާން.

    • ކިޔާ

      ހަހަހަ...ބޯހަލާކު...