އިސްރާއީލްގައި އުފަންވިއިރު ބޮލުގެ ފުރަގަހުން ގުޅިފައިވާ އެއްމާބަނޑު ދެ އަންހެންކުދިންގެ އޮޕަރޭޝަނެެއް ކޮށް ކާމިޔާބުކަމާއެކު ވަކި ކޮށްލައިފިއެވެ.

މިއީ ވަރަށް އުނދަގުލުން ކުރެވޭ އޮޕަރޭޝަނެކެެވެ.

އުމުުރުން އެެއް އަހަރުގެ، އެއްވެސް ނަމެއް ދެވިފައި ނުވާ މި ދެބެއިންގެ އޮޕަރޭޝަން ކޮށްފައި ވަނީ ބީރްޝަބާގައި ހުންނަ ސޮރޮކާ މެޑިކަލް ސެންޓަރުގައެވެ. މި އޮޕަރޭޝަނަށް 12 ގަޑި އިރު ހޭދަ ވެފައިވެއެވެ.

މި އޮޕަރޭޝަން ކުރުމަށްޓަކައި އެތައް މަހެއް ކުރިން ތައްޔާރީތައް ވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގައި އުފަންވި މި ދެކުދިންގެ ކާމިޔާބު އޮފަރޭޝަނާއި އެކު ފުރަތަމަ ފަހަރަށް އެކަކު އަނެކަކު ފެނިގެން ގޮސްފައިވެއެވެ.

ސޮރޮކާ މެޑިކަލް ސެންޓަރުގެ ކުޑަކުދިންގެ ހާއްސަ ނާރުގެ ޑޮކްޓަރެއް ކަމަށްވާ މިކޭ ގިޑިއަން ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި މި އޮޕަރޭޝަން 20 ފަހަރު ކުރެވިފައިވާ ކަމަށާއި ނަމަވެސް މިއީ އިސްރާއީލްގައި މިފަދަ އޮޕަރޭޝަނެއް ކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ މި އޮޕަރޭޝަނަކީ ވަރަށް މަދުން ކުރެވޭ އެތައް އޮޕަރޭޝަން ތަކަކާއެކު ކުރެވޭ އުނދަގޫ އޮޕަރޭޝަނެއް ކަމަށެވެ.

މި ދެކުދިން އޮޕަރޭޝަނަށް ވަރަށް ގިނަ ނަރުހުން ބައިވެރިކޮށްފައިވެއެވެ. މި ކުދިންގެ އޮޕަރޭޝަންކޮށްފައި ވަނީ ހޮސްޕިޓަލްގެ 50 މުވައްޒަފުންނާއި އެކު 3ޑީ ކޮށެވެ.

ޔުނިވަރސިޓީ އޮފް މިނެސޮޓާއިން ބުނެފައިވާ ގޮތުގައި ބޮލުން ގުޅިފައިވާ ކުދިން ދުނިޔެއަށް އުފަންވަނީ ކޮންމެ 200،000 އިން އެއްފަހަރެވެ. މިހެން ދިމާ ވަނީ ގިނަ ފަހަރަށް އަންހެން ކުދިންނަށް ކަމަށާއި އެކުދިންނަކީ އެއްވައްތަރު ޖަހާ ކުދިން ކަމަށެވެ.

މަދުން ނަމަވެސް މިކަމަކީ އެއްމާބަނޑު ކުދިންނަށް ވާ ކަމަކެވެ.