ބެލުންތެރިންގެ މެދުގަ މަގޫލުކަށް ހޯދި ފިލްމް "ރާ.ވަން" ގެ ދެވަނަ ބައެއް ހަދާނެ ކަމުގެ އިޝާރާތެއް ޝާހްރޫކް ދީފި އެވެ

އޭނާ އެކަން އިއުލާން ކޮށްފައިވަނީ ފިލްމީ ދާއިރާގަ މަސައްކަަތް ކުރާތާ 26 އަހަރު ފުރުމު ގެ މުނާސަބާތާ ގުޅުވައިގެން ޓުވިޓާ މެދުވެރިކޮށް ދިން ވީޑިއޯ މެސެޖެއްގައެވެ .

ޝާހްރުކް ބުނެފައި ވާގޮތުގައި މި ޒަމާނުގެ ޓެކްނޮލޮޖީއާ އެކު އަނެއްކާ ވެސް "ރާ.ވަން" ގެ ތަޖުރިބާ އާކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

"ރާ.ވަން" ފިލްމް ވެފައިވަނީ އިންޑިއާގައި ހެދި ފިލްމްތަކުގެ ތެރެއިން އެންމެ ފުރިހަމަ ސްޕެޝަލް އިފެކްޓްސް (ވީއެފްއެކްސް) ފެނިގެން ދިޔަ އެއް ފިލްމަށެވެ . އެ މަސައްކަތް ކޮށްފައިވނީ ޝާހްރުކްގެ އަމިއްލަ ފިލްމް ކުންފުނި ރެޑް ޗިލީޒްގެ ވީއެފްއެކްސް ޓީމުންކަން ފާހަގަކޮށްލެވެއެވެ.

ޝާހްރުކް ހާނުގެ 26 އަހަރު ވީ ފިލްމީ ކެރިއަރުގައި ރާ ވަން ވެފައިވަނީ ބޮޑު ބަޖެޓަކުން ހެދި ފިލްމްމަކށެވެ އުންމީދު ކުރި ކަހަލަ ވިޔަފާރިއެއް ކުރި ފިލްމެއަކަށް. ނުވި ނަމަވެސް . ކުޑަކުދިންގެ މެދުގައި މި ފިލްމްވެފައި ވަނީ މަގުބޫލު ފިލްމަކަށްށެވެ .

"ރާ.ވަން" އަކީ އަނޫބަވް ސިންހާ ޑައިރެކްޓް ކުރި ފިލްމެކެވެ. މީގެ ބަތަލާއަކީ ކަރީނާ ކަޕޫރެވެ. އަދި ފިލްމްގެ ވިލަންއެއްގެ ރޯލް ކުޅުނީ އަރްޖުން ރާމްޕާލް އެވެ.

"ރާ.ވަން ގެ ދެވަނަ ބައެއް ހެދުމުގެ މަސައްކަތް ކުރުމަށް ޝާހުރުކް ނިންމައިފައިވާއިރު މި ހަަބަރު ހަމަ ޔަގީނުންވެސް ޝާހުރުކް ގެ ފޭނުންނަށް އުފާވެރި ހަބަރަކަށްވާނެއެވެ. އަދި މިއީ ސުޕަހީރޯ ފިލްމް ތަކަށް ލޯބި ކުރާ ކުޑަ ކުދިންނަށްވެސް އުފާވެރި ހަބަރެއްކަން ޔަގީނެވެ .