ޗައިނާގެ އުތުރުގައި ގެކޮވިޑް-19 އަށް ފައްސިވެފައިވާ ބުޅާތަކެއް މަރާލައިފިއެވެ.

އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިދާރާތަކުން މަރާލާފައިވާ ބުޅާތަކަކީ އެގައުމުގެ ގެތަކުގައި މީހުން އޮޅު ކޮށްގެން ގެންގުޅެމުން އައި ބުޅާތަކެކެވެ. އަދި އެފަދަ ނިންމުމެއް ނިންމާފައިވަނީ އެސޮރުމެން ގެންގުޅޭ މީހަކު ކޮވިޑަށް ފައްސިވި ފަހުން، އެސޮރުމެންވެސް ކޮވިޑަށް ޓެސްޓް ކޮށް ފައްސިވުމުންނެވެ.

އުތުރު ޗައިނާގެ ސިޓީއެއް ކަމަށްވާ ހާބިންގެ އިދާރާތަކުގެ ވެރިން ބުނެފައިވަނީ މަރާލާފައިވާ ބުޅާތަކަކީ ކޮވިޑަށް ފައްސިވެފައިވާ ބުޅާތަކެއް ކަމަށާއި އެސޮރުމެން މަރާލާފައިވަނީ އެސޮރުމެންނަށް ދޭނެ ފަރުވާއެއް ނެތިގެން ކަމަށެވެ. އަދި ބުޅަލުގެ ސަބަބުން އެތަކެތި ގެންގުޅޭ ވެރިންނަށް ބަލި ފެތުރި ނުރައްކަލަކަށް ހުށަހެޅިދާނެތީ ކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮވިޑަށް ފައްސިވެފައިވާ ބުޅާތަކެއް މެރުމުން އެ ބުޅާތައް ގެންގުޅޭ ފަރާތްތަކަށް ބަލި ނުޖެހި ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

ޗައިނާގައި ކޮވިޑަށް ފައްސިވި ބުޅާތަކެއް މަރާލާފައިވާއިރު، ސައިންސްވެރިން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ކޮވިޑް ފެތުރޭކަން ވަނީ އެނގިފައެވެ. އެހެން ނަމަވެސް އިންސާނުންގެ ފަރާތުން ޖަނަވާރުތަކަށް ވައިރަސް ފެތުރުން އެހާ ބޮޑު ނޫން ކަމަށް ވެސް ވަނީ ހާމަވެފައެވެ.

އެހެން ކަމުން އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ވަނީ ކޮވިޑަށް ފައްސިވެފައިވާ މީހުން ޖަނަވާރުތަކާއި ކައިރި ނުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.