މިޔުޒިކަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު އެއަށް ހާއްސަ ލޯތްބެއް ޖެހިފައިވާ އެއްޗެކެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ އެކި އެކި އުމުރުތަކުގައިވެސް މިޔުޒިކް ކުޅޭ މީހުން އުޅޭތީއެވެ. އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާއާއި ހަމައަށްވެސް މިޔުޒިކަކީ ފަޑުވުމެއްނެތް އެއްޗެކެވެ.

މިޔުޒިކް ކުޅުމުގައި އެތަކެއް އާލާތްތަކެއް ބޭނުން ކުރެއެވެ. އެގޮތުން ބޭނުންކުރާ އެއް އާލާތަކީ ޕިއާނޯއެވެ. ޕިއާނޯއަކީ މިޔުޒިކްގެ ރާގު ކުޅެދިނުމަށް އެންމެ ބޮޑަށް އެހީވެދޭ އެކަށްޗެކެވެ. ދުނިޔޭގެ ފެންވަރުގެ އެތަކެއް ޕައިނިސްޓުންނެއް ތިބި އިރު އުމުރުން 100 އަހަރުން މަށްޗައް ދިޔުމުންވެސް ޕިއާނޯ ކުޅެމުން ގެންދެއޭ ބުނުމަކީ ގަބޫލް ކުރަން ދަތި ވާހަކައެކެވެ.

ނަމަވެސް އުމުރުން 103 އަހަރުގެ ކޮލިއްޓޭ މަޒޭއަކީ އަދިވެސް ޕިއާނޯގެ ދުނިޔޭގައި ރަސްކަން ކުރަމުން އަންނަ އަންހެން ޕައިނިސްޓެކެވެ.

ފްރާންސަށް އުފަން ކޮލިއްޓޭ ބުނި ގޮތުގައި އޭނާ ފުރަތަމަ ޕިއާނޯ ކުޅެން ފެށީ އޭނާގެ އުމުރުން 16 އަހަރުގައެވެ. އަދި އެއިރު ހުންނަ ޕިއާނޯތަކާއި މިހާރުގެ ޕިއާނޯތަކާއި ވަރަށް ބޮޑަށްވެސް ތަފާތު ކަމުގައި ބުނަމުން ކޮލިއްޓޭ ބުނީ ޕިއާނޯ ކުޅުމަކީ އޭނާ އެންމެ ގަޔާވާ ކަން ކަމުގައެވެ.

މީގެ ކުރިން އާމްދަނީ ހޯދުމަށް ޕައިނިސްޓެއްގެ ގޮތުގައި މަސައްކަތްކޮށް އެތަކެއް ލަވައަކަށް ރާގު ހަދައިދީފައިވާ ކޮލިއްޓޭ ބުނި ގޮތުގައި އޭނާ އެންމެ ގަޔާވަނީ މަޑުމައިތިރި އަދި އަޑު އަހާލަން ފަސޭހަ ރާގުތަށް ކުޅުމަށް ކަމަށެވެ. ގުދުތަރީ މަންޒަރުތަށް ބެލުމަށް ލޯބިކުރާ ކަލިއްޓޭ 103 އަހަރުގައި ޕިއާނޯ ކުޅޭ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެފައިވާއިރު ގިނަ ބައެއްގެ ސަމާލުކަން ވަނީ އެވީޑިއޯއަށް ލިބިފައެވެ.

https://www.youtube.com/watch?v=dkGc8vTPF9s

ކިޔުންތެރިންގެ ހިޔާލު