ދިވެހިންގެ ތެރޭގައި ވަރަށް ގިނައިން ކިޔައި އުޅޭ އެއްޗެއް އޮވެއެވެ. އެއީ ލޯބި ލިބޭނަމަ ފަލަވާނެ ވާހަކައެވެ. ނަމަވެސް އެއީ ކިހައި ވަރެއްގެ ބުރަދަނެއް ހުރި ވާހަކަ އެއްތޯ ބަލައިލަމާ ހިނގާށެވެ.

ސައިންސްވެރިން ކޮށްފައިވާ ދިރާސާތަކުގެ އަލީގައި ބުނަނީނަމަ އެއީ ތެދެކެވެ. އެއީ ދެ ލޯބިވެރިޔަކު ނުވަތަ ދެމަފިރިޔަކު އުފަލުގައި އުޅެމުން އަންނަނަމަ، ބުރުސޫރަ އާއި ބައްޓަން ވަކި ވަރެއްގައި ހިފެހެއްޓުމަށް އެމީހުން ކުރަމުން އައި މަސައްކަތް މަޑު ޖެހޭނެއެވެ.

މިހެން ކަންތައް ވާނީ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ހަގީގީ ލޯބިވާ ނަމައެވެ. އެއީ ދެމީހުންނަށް އުފަލުގައި އުޅެވޭނީ ލޯބިގެން ކަމުގައި ވާތީއެވެ. ކޮންމެއަކަސް، ތި ދެމީހުންވެސް ފަލަވަމުން އަންނަ ނަމަ އެއީ ލޯބި ލިބޭ ކަމުގެ ނިޝާނެކެވެ. ދެމީހުންނަށްވެސް އުފަލުގައި އުޅެވޭ ކަމުގެ ހެއްކެކެވެ.

ފަލަވަމުން ދިޔަ ނަމަވެސް އެކަމާއި މެދު ހާސްނުވެ، ހަމަޖެހިލައިގެން ހުރެވޭނަމަ އެއީ އެއްކޮށް ތި އުޅެވޭ ބައިވެރިޔާ އަކީ ތިމާގެ "ލައިފް ޕާޓްނާ" އަށް ވުން ވަރަށް ގާތެވެ. އެއީ ފަލަވަމުން ދާއިރުވެސް، އެގޮތަށް ހުރެވޭނީ ލޯބިވެރިޔާ ތިމާ ދޫކޮށްލާފައި ނުދާނެ ކަމުގެ ޔަގީންކަން އޮންނާތީއެވެ.

ދެމަފިރިން ކިތަންމެ އުފަލުގައި އުޅުނަސް ފަލަ ނުވެ ހުރުންވެސް އެއީ އެކަށީގެންވާ ކަމެކެވެ. އެއީ އެކި މީހުންގެ ހަށިގަނޑުގެ ނިޒާމް ހިނގާ ގޮތް ތަފާތު ވުމުންނެވެ. ނަމަވެސް ގިނަ ފަހަރަށް ދެމީހުން އެކުގައި އުޅެމުން އައިސް ފަލަވާން ފަށާނަމަ އޭގެ މާނަ އަކީ ލިބެނީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޯޑް

    ރީތި ކޮށްލަން ލޯބި ލިބެްޏާ ފަލަވާނެޔޭ. ލަދުަންނަނީތަ ބުނަން ކައިގެން އަރާފަ ތިބޭތީއޭ ބުނަން. ޚާއްސަކޮށް މާލޫ ކުދިން ބޮޑެތި ގެރިހެން ހީވާނީ

    4
    2
  2. Anonymous

    އެހެންވީމަ އަޅުގަނޑު ފަލަ ނުވެގެން މިއުޅެނީ ލޯބި ނުކިބޭތީކަން މިހާރު 💯

  3. Anonymous

    ލޯބީގެ މަފްހޫމް ދެނެނުގަނެ އޭގެ ދަށުން ކުރިފަޅާ ކިތަންމެ ކަމެއް ދަސްކުރިޔަސް، އޭގެން ކުރާނެ އެއްވެސް އަސަރެއް ނޯންނާނެ.

  4. ޑެޑް ބެޑްރޫމް

    ސްޓްރެސް ބޮޑުވުމުން ފަލަވަނީ ލޯބި ލިބޭލެއެއް ބޮޑުކަމަކުން ނޫން