އައިފޯނެއް ދޭނެ ކަމަށްބުނެ ސްކޫލް ދަރިވަރަކާއި އެކީ ޖިންސީ ގުޅުން ހިންގަން އުޅުނު ޓީޗަރެއް ސަސްެޕެންޑްކޮށްފިއެވެ.

އެމެރިކާގެ ސްންޓްރަލް އިސްލިޕް ހައި ސްކޫލެއްގައި ހިސާބު ކިޔަވާދެމުން ދާ އެ ޓީޗަރު މީގެ ކުރިން 16 އަހަރުގެ ދެ ކުއްޖަކަށް ފައިސާ ދީގެން އެ ކުދިންގެ ބަރަހަނާ ފޮޓޯތަކެއް ހޯދަން ވެސް އުޅުނެވެ. އަދި އެފަހުން އޭނާ މަސައްކަތްކޮށްފައި ވަނީ އެތަނުން ކުއްޖަކަށް އައިފޯނެއް ދީގެން ޖިންސީ ގުޅުން ހިންގާށެވެ.

އެ ޓީޗަރު މައްޗަށް ކުޑަކުދިންނަށް ބިރުދައްކަން އުޅުނުކަމުގެ ދައުވާ ވަނީ ކޮށްފައެވެ.

ފުުލުހުން ބުނީ، އެ ޓީޗަރު އެއް ކުއްޖަކު ފަސް ޑޮަލަރު ދީގެން އެ ކުއްޖާގެ ބަރަހަނާ ފޮޓޯއެއް ހޯދި ކަމަށެވެ. އަދި އަނެއް ކުއްޖާއަށް 150 ޑޮލަރު ދީގެން ބަރަހަނާ ފޮޓޯއެއް ހޯދިކަމަށް ފުލުހުން ބުންޏެވެ. އަދި އެތަނުން ކުއްޖަކާއެކީ ޖިންސީ ގުޅުން ހިންގަން އުޅުނީ އެ ކުއްޖާއަށް އައިފޯންގެ އެންމެ ފަހުގެ ފޯންކަމަށްވާ އައިފޯން އެކްސް ދީގެން ކަމަށް ވެއެވެ.

ނަމަވެސް އެ ކުއްޖާ އެ ހުށަހެޅުން ގަބޫލުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޞަހަބާނ

    ޖޯހެއްނޫން