’ދަ ކޮންޖުރިން‘ ފިލްމުގެ ޝޫޓިން ނަގާފައިވާ ގެ އަގުބޮޑުކޮށް ވިއްކާލަން ނިންމައިފިއެވެ.

2013 ވަނަ އަހަރު ނެރުނު މި ފިލްމަކީ މިހާތަނަށް ނެރުމު ބިރުވެރި ފިލްމުތަކުގެ ތެރެއިން ހިމެނޭ މަޝްހޫރު ބިރުވެރި ފިލްމެކެވެ. މީޑިޔާ ރިޕޯޓްތައް ލިބޭގޮތުގައި މި ފިލްމު ކުޅުނު ގެ ވިއްކާލަން ނިންމާފައި ވަނީ 18.5 މިލިއަން ރުފިޔާއަށެވެ.

ރޯޑް އައިލެންޑްގެ ބިއުރިލްވިލާގައި ހުންނަ މި ގެއަކީ ހަގީގަތުގައިވެސް ވަރަށް ނާމާން ކަންކަން ދިމާވާ ގެއެއް ކަމަށް އެކި ފަރާތްތަކުން ބުނެ އެވެ. އަދި ބިރުވެރިކަން ތަޖުރިބާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވެސް މި ގެ އަކީ ބަރާބަރު ގެއެއް ކަމަށް ބުނެއެވެ.

8.5 އެކްޓަރުގެ ބޮޑު ބިމެއްގައި ހުންނަ މި ގޭގައި ހުންނަނީ އެންމެ ތިން ނިދާ ކޮޓަރި އެވެ. އަދި އެއް ފާހަނާ ހުންނައިރު މި ގެއަކީ 1836 ވަނަ އަހަރު ބިނާކުރި ގެއެކެވެ. މި ގެއަކީ ވަރަށް ރީއްޗަށް ހަދާފައިވާ ގެއަކަށް ވާއިރު ގޭގެ ފޮޓޯތައް ބަލާފައި މި ގެ ގަންނަން ބޭނުން ނުވާނެ މީހަކު ނުހުންނާނެ ކަން ޔަގީނެވެ.

ކޮންޖުއަރިން ފިލްމަކީ ހަގީގީ ހާދިސާތަކަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ. އަދި މި ފިލްމު ކުޅުނު ގެއަކީ އެމެރިކާގައި ހުރި މިފަދަ ގެތަކުގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ ގެއެކެވެ.

މި ގޭގައި ހިނގާފައިވާ ބިރުވެރި ހާދިސާތަކުގެ ވާހަކަތައް އެކި ފިލްމުތަކުގައި އާއި ވާހަކަ ފޮތްތަކުގައި ވެސް ހުރެއެވެ. އަދި ބިރުވެރި ގެތަކަށް ދާ ފަރާތްތަކުންވެސް މިގެއަށް އެކި ފަހަރުމަތިން ގޮސް މިގެއިން އެތައް ބިރުވެރި ކަމަކާއި ކުރިމަތިލާން ޖެހުނު ކަމަށް ބުނެފައިވެއެވެ.