މިސްރަށް ނިސްބަތްވާ އަންހެނަކަށް ބޮޑު ހައިރާން ކަމެއް ލިބިގެންދިޔައީ އޭނާ މަރުވެއްޖެކަމަށް ބުނެ، މީސް މީޑީއާގައި އެކަން އިއުލާނު ކުރުމުންނެވެ. މީސް މީޑިއާގައި ދައުރުވި އެ ޕޯސްޓްގައި އޭނާގެ ކަށުނަމާދު އޮންނާނެ ކަމަށް ބުނެފައި ވަނީ މެންދުރު ނަމާދަށް ފަހުއެވެ.

އެއީ އެކަމަކު ދޮގު ހަބަރެކެވެ. އޭނާގެ ފޮޓޯއާއެކު އޭނާ މަރުވެއްޖެކަމަށް ލިޔެ ޕޯސްޓްކޮށްފައި ވަނީ އޭނާއަށް ނުވެސް އެނގޭ ބައެކެވެ. ނަމަވެސް އެއީ ދިރިއުޅެމުންދާ ބުރްމާ ވިލޭޖަށް ނިސްބަތްވާ ބައެކެވެ.

އޭނާ ކުއްލި މަރުގެ ހަބަރާއެކު އެކި ސަރަހައްދުގައި ދިރިއުޅެމުންދިޔަ އޭނާގެ އާއިލާ މީހުން އޭނާގެ ޖަނާޒާގައި ބައިިވެރިވުމަށް ބުރްމާ ވިލާޖަށް އައުމަށް ދަތުރު ފެށިއެވެ.

ކުއްލި ސިހުމެއް ލިބިފައިވާ އެ އަންހެން މީހާ މަސައްކަތް ކުރާ ތަނުގެ ގޮތުން، ޑިއުޓީ ގަޑީގައި ފޯނު ނިއްވާލަން ޖެހެއެވެ.

"އަހަރެން ބްރޭކް ގަޑީގައި ފޯނު ހުޅުވާލ.ީ އަހަރެންނަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައީ އެތައް ނޮޓިފިކޭޝަނެއް އައުމުން، އެތައް ބަޔަކު އަހަރެންނަށް ގުޅަންވެސް މަސައްކަތްކޮށްފައި އެބަހުރި".

އޭނާ ބުނީ، އެ ހަބަރު ލިބުމުން އޭނާ އަމިއްލައަށްވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައި ކަމަށެވެ.

"އަހަރެން މަރުވި ކަމަށް ލިޔެފައި ވަނީ ރޭލެއް އަހަރެންގެ ގައިމަތިން ދަތުރުކޮށްގެން ކަމަށް، އެއްބަޔަކު ލިޔެފައި އެބަ ހުރި ހާޓް އެޓޭކެއް ޖެހިގެން ކަމަށްވެސް".

އެކަމާއި އޭނާގެ ބޭބެވެސް ވާހަކަދައްކާފައެވެ. އޭނާގެ ބޭބެ ބުނީ، ހެނދުނު 8:00 ޖެހިއިރު އޭނާއަށް ފޯނު ކޯލެއް އައީ އޭނާގެ ކޮއްކޮ މަރުވެއްޖެކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓެއް ދައުރުވާ ހަބަރު ދޭން ކަމަށެވެ.

"އަހަރެން އޮތީ ނިދަން އެގަޑީގައި، އެކަމަކު އެ ފޯން އައުމުން ނިދި މޫޑުގައި ފޯން ނެގިން، އަހަރެންނަށް ލިބުނީ ބޮޑު ހައިރާން ކަމެއް. ވަގުތުުން ކޮއްކޮ އުޅޭ ގެއަށް ދިޔައިން އެކަމަކު ފޯނު އޮތީ ނިއްވާފައި"

އޭނާ ބުނީ، ވީގޮތެއް ނޭނގިގެން އެތައް އިރެއްވަންދެން ހުންނަން ޖެހުނު ކަމަށެވެ. އަދި ކޮއްކޮ ވަޅު ލުމަށް އެއްޗެހިވެސް ގަތް ކަމަށް ބުންޏެވެ.

"އެކަމަކު 12 ޖަހަން އުޅެނިކޮށް އަހަރެންނަށް ފޯން ކޯލެއް އައީ ކޮއްކޮ ފޯންއިން، އެކަމަކު އަހަރެންނަށް ނޭނގެ އެިރު ކާކުކަމެއް ވާހަކަދެއްކީ އެކަމަކު އެނގުނު ކޮއްކޮ ދުނިޔޭގައި ހުރިކަން"

އެ ހަބަރު ފެތުރި މީހާއާ ދެކޮޅަށް މިހާރު ކޯޓަށް މައްސަލަ ހުށަހަޅަން އާއިލާއިން ވަނީ ނިންމާފައެވެ. އެއީ އާއިލާ އާއި ގާތް މީހުންނަށް އެފަަދަ ބޮޑު ދޮގު ހަބަރެއް ދިނުމުންނެވެ.