ބަދުބަސް ބުނެ ރިކޯޑިންއެއް ފޮނުވި މީހަކު 27،000 ރުފިޔާއިން ޖޫރީމަނާ ކޮށްފި އެވެ.

ޔުނައިޓެޑް އަރަބް އެމިރެޓްސް ގައި ހިނގި މި ހާދިސާގައި ބަދުބަސް ބުނެ ރިކޯޑިން އެއް ފޮނުވާފައި ވަނީ 36 އަހަރުގެ އަރަބި ފިރިހެނެކެވެ. އޭނާ ބަދުބަސް ބުނެ ރިކޯޑިން ފޮނުވާފައި ވަނީ އަންހެނަކަށެވެ.

ރަސް އަލް ހައިމައް ސިވިލް ކޯޓަށް މި މައްސަލަ ވައްދާފައި ވަނީ އަންހެން މީހާ އެވެ. އޭނާ ބުނީ ފިރިހެން މީހާ އޭނާ އަށް ފޮނުވި ރިކޯޑިން ގައި ބުނީ އޭނާ އަވަހަށް މަރުވެއްޖެނަމަ ރަނގަޅޭ ކިޔާފައި ކަމަށެވެ.

ފިރިހެން މީހާ މިހެން ބުނުމުން އަންހެން މީހާ އަށް ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލެއްގެ ގޮތުން އޭނާ ވަނީ ފިރިހެން މީހާގެ އަތުން 90،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހޯދައި ދިނުމަށް ކޯޓުގައި އެދިފަ އެވެ. ނަމަވެސް ކޯޓުން މި މައްސަލަ ބަލައި ބަދަލެއްގެ ގޮތުން ދިނުމަށް ފިރިހެން މީހާ އަށް އަމުރު ކުރީ 27،000 ރުފިޔާ އެވެ.

ކޯޓަށް މައްސަލަ ވައްދަމުން އަންހެން މީހާ ބުނީ ފިރިހެން މީހާ އޭނާ އަށް ބަދުބަސް ބުނުމުން އޭނާގެ އަގު އެހެން މީހުން ކުރިމަތީގައި ވެއްޓިފައިވާ ކަމަށެވެ.

މީގެ ކުރީގައި ދުބައިގެ ކޯޓުތަކުން ވަނީ މިގޮތަށް ފިރިހެނުން ފޮނުވާ ނުރަނގަޅު މެސެޖުތަކުގެ ސަބަބުން އެމީހުން ބޮޑު އަދަދުތަކުން ޖޫރީމަނާ ކޮށްފަ އެވެ. އަދި އެ މެސެޖުތަކުގައި ބުނާ އެއްޗަކަށް ބަލައި އެފަދަ މީހުން ޖަލަށް ލުމަށްވެސް ހުކުމްކުރާކަން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖާމުނަގަރު

    އަޅުގަނޑު ގެ އެމަންޖެ ވަރަށް ގިނައިން ތިފަދަ ބަސްތަށް ބުނޭ !!! ކޯޓަށް ލާންވީތާ ///

  2. ޚަލީލު

    ދިވެހި ރުފިޔާތަ ދޭން ކޯޓުން އެންގީ؟ ޔޫއޭއީގެ ފައިސާއަށް ކިޔަނީ ރުފިޔާއެއް ނޫންދޯ.