މިދިޔަ މަހުގެ 27 ވަނަ ދުވަހު އޮސްޓްރޭލިޔާގެ އެޑެލައިޑެ އެއާޕޯޓްގެ ތެރެއިން ބޮމެއް ފެނިގެން ރިޕޯޓްކޮށްގެން ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އޮސްޓްރޭލިޔާގެ ފުލުހުން އެ ސީންގައި ހަރަކާތްތެރިވީ، ބޮމެއް ކަމަށް ބެލެވޭ އެއްޗެއް އެ އެއާޕޯޓްގެ ފާޚަނާ ތެރެއިން ފެނިގެންނެވެ.

ދަބަހެއްގެ ތެރެއަށް އަޅާފައި އޮތް ބޮމެއް ކަމަށް ބުނާ އެތި ފެނިފައި ވަނީ އެ އެއާޕޯޓްގެ އަންހެނުންގެ ފާހަނަ ތެރެއިންނެވެ.

އެހެން ނަމަވެސް ފުލުހުން ބެލިބެލުމުން އެނގުނުގޮތުގައި، ޕިންކް ކުލައިގެ އެ ދަބަސް ތެރޭގައި އޮތީ ބޮމެއް ނޫނެވެ. އެންމެ ފުރަތަމަ ފުލުހުންނަށް އެއީ ބޮމެއް ނޫންކަން ހީވާން ފެށީ އެ ދަބަސް ހެލެން ފެށުމުންނެވެ. އަދި ފުލުހުން ގޮސް ރަނގަޅަށް ބެލިއިރު، ދަބަސް ތެރޭގައި އޮތީ މުސަޅެކެވެ.

އެއީ އެ އަންހެން ކުޑަކުޑަ މުސަޅެކެވެ. ފުލުހުން ވަނީ އެ މުސަޅު ފޮއްޓަކަށް ލައިގެން ގެންގޮސް އެއަށް ކެރެޓް ކާންދިނުމަށްފަހު ޖަނަވާރުންނާއި ބެހޭ މަރުކަޒަކާއި ހަވާލުކޮށްފައެވެ.

ފުލުހަކު ބުނިގޮތުގައި، މިއީ އޭނާ ފުލުހުންގެ ވަޒީފާގައި ހޭދަކުރި 26 އަހަރު ތެރޭގައި މިފަދަ ކަމެއް ފެނިފައެއް ނުވެއެވެ.

ފުލުހުން ވަނީ އެ މީހުންގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އެ މުސަޅުގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފައެވެ.

މިއީ މިފަދަ ކަމެއް އޮސްޓްރޭލިޔާގައި ހިނގި ފުރަތަަމަ ފަހަރެއް ނޫނެވެ. މިދިޔަ އޭޕްރިލް މަސް ތެރޭގައި ބިސްބްރޭން އެއާޕޯޓް ތެރެއިން ބޮމް ޖަހާފައި އިން ދަބަހެއް ފެނިގެން ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އެ ދަބަހަކީ އުމުރުން ދުވަސްވީ އަންހެނެެއްގެ ދަބަހެވެ. އޭގައި އެ މީހާ ބޮމް ލިޔުނޯ ބޮމްބޭ ކުރުކޮށްލުމުގެ ގޮތުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު