އާއްމު ގޮތެއްގައި ކޮންމެ މީހެއްވެސް ކައިވެނި ކުރާ ދުވަހަކީ އެމީހެއްގެ ހަޔާތުގައި އެންމެ އުފާވެރި އެއް ދުވަހެވެ. ނަމަވެސް އިނގިރޭސިވިލާތުގެ މި ލޯބިވެރިންނަށް ކަންތައް ވީ މިއާއި މުޅިން އިދިކޮޅަށެވެ

ކޭސީ އޭނާގެ ބައިވެރިޔާ އެލެކްސް އާއި ކައިވެނި ކުރުމުގެ އެއް ރޭ ކުރިން އޭނާގެ ފޯނަށް މެސެޖެއް އައުމުން ހީކުރީ މީހަކު މަރުހަބާ ކިޔަން މެސެޖު ކުރީ ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެއީ އޭނާގެ ވާން އުޅޭ ފިރިމީހާ އެލެކްސްގެ ސިއްރު ލޯބިވެރިޔާއެވެ. ސިއްރު ބިޓު ވަނީ އޭނާ އާއި އެލެކްސް އާއި ދެމެދު އޭގެ އަހަރެއް ކުރިންނާއި ކައިވެނި ކުރަން އޮތް ދުވަހުގެ 3 ދުވަސް ކުރިއާއި ހަމައަށް ދެމީހުން ކޮށްފައިވާ މެސެޖުތަކުގެ ސްކްރީންޝޮޓުތައް ކޭސީ އަށް ފޮނުވާފައެވެ. އަދި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތައްވެސް ފޮނުވިއެވެ.

މިއާއި އެކު ކޭސީގެ ހިތް ފަޅައިގެން ދިޔަ ނަމަވެސް، ވަރަށް ވިސްނުމަށް ފަހު އޭނާ ނިންމީ ކައިވެނި ހަފްލާ ތެރެއިން އެލެކްސް ބޭޒާރުކޮށްލައި ބަދަލު ހިފާށެވެ. މިކަން ކޭސީ ކުރީ ވަރަށްވެސް ފުރިހަމައަށެވެ.

ކައިވެނި ކޮށްދޭ މީހާ ފިރި ގަބޫލު ކުރަންތޯ ސުވާލު ކުރުމުން ޖަވާބުގައި ކޭސީ ބުނެފައި ވަނީ ވާހަކަ އެއް ބުނަން އޮތްކަން އިއުލާން ކޮށް އެންމެންނާއި މުހާތަބުކޮށް އެލެކްސް އަކީ އޭނާ ހީކުރި ކަހަލަ މީހެއް ނޫން ކަމަށް ބުނެފައެެވެ.

މިއާއިއެކު އެލެކްސް ވަނީ ވަރަށް ނުތަނަވަސްވެ ހުރެ ކޭސީ އަތުގައި ހިފައި އޭނާ ހުއްޓުވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ކޭސީ ފަސްޖެހުމެއް ނެތި އެވާހަތައް ފަށައި، ދެމީހުންހެ މެސެޖުތައް ކިޔައިދޭން ފެށުމުން އެލެކްސް ވަނީ ލަދުން އެތަން ދޫކޮށް ގޮސްފައެެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ކޭސީ ކަންތައް އެ ކުރީ އެންމެ ރަނގަޅަށެވެ. މިފަދަ މީހުން ހުއްޓުވަން އޮތް ހަމައެކަނި ގޮތަކީ މިއީ ކަމަށް ބުނެ ވާހަކަ ދައްކާ މީހުންވެސް މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޯޑް

    މަށަށް ވާނީ ކިހިނެތްބާ // ޖެހިލުންވެއްޖެ // އެހެންވެ ހައްތާވެސް //

    10
  2. މައިބަދަ

    ހަމަރަނގަޅު ތާލިޔާ ތާލިޔާ އެކަމަކު އަދި އެބަޖެހޭ ތިޔަ ކޭސީގެ ފަތިފުށްވެސް ހާމަކުރަން އެއީވެސް ވަކި ރަނގަޅުމީހެއްނޫނޭ ތިޔަ ގޮވަނީ ހަމަ ގުދޯގުދޯ

    5
    1