ބުޅަލަކީ ބައެއް ދިވެހިންގެ ތެރޭގައިވެސް ޚާއްސަ ލޯތްބެއް ޖެހިގެން ގެންގުޅޭ ޖަނަވާރެކެވެ. ހަމަ މިގޮތަށް އައިސްލޭންޑްގައިވެސް ބުޅަލަކީ އޮޅުކޮށްގެން ވަރަށް ގިނަ މީހުން ގެންގުޅޭ އެއްޗެކެވެ. ނަމަވެސް އައިސްލޭންޑްއިން މިވަނީ ޖަނަވާރު ގެންގުޅުމުގެ ރޮނގުގައި އުސް ހަރުފަތް ތަކަށް އަރާފައެވެ.

އައިސްލޭންޑްގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިސްލޭންޑްގައި ބުޅަލަށް ޚާއްސަ ހޮޓަލެއް ވަނީ ދާދިފަހުން ހުޅުވާފައެވެ. މިހޮޓަލް ހުޅުވާފައިވަނީ އައިސްލޭންޑްގައި ބުޅާ ފަދަ ޖަނަވާރުތަކަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލަކުންނެވެ. މިހޮސްޕިޓަލް ހިންގާ ކުންފުނިން ބުނެފައިވަނީ ބުޅަލަށް ޚާއްސަ ހޮޓަލެއް ހުޅުވީ އެކަމަށް ބޮޑު ޑިމާންޑްއެއް އޮންނާތީ ކަމަށެވެ.

ބުޅަލުގެ ހޮޓަލެއް ހުޅުވާފައިވާއިރު، މިހޮޓަލް ހިންގާ ކުންފުނިން ބުނެފައިވަނީ މިހޮޓަލުން ޖާގަ ދެވޭނީ ހަމައެކަނި ވެކްސިން ޖަހާފައިވާ ބުޅަލަށް ކަމަށެވެ.

މިހޮޓަލުން ބުޅަލުގެ ވެރިފަރާތް ޗުއްޓީ ހޭދަކުރަން ދާ އިރުގައްޔާއި މަސައްކަތު ދާއިރު ބުޅާ މިހޮޓަލާއި ހަވާލުކޮށްފައި ދެވޭނެ ކަމަށެވެ. އަދި މިމުއްދަތުގެ ތެރޭގައި ބުޅަލަށް ވަރަށް ރަނގަޅު މެޙްމާން ދާރީއެއް ދެވޭނެ ކަމަށް މިހޮޓަލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުޅާ

    ނައިސް ބުޅާ 3>