އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އަހަންނަކީ މަސްވެރިޔަކީމެވެ. ހުކުރު ނޫން ކޮންމެ ދުވަހެއްގައި އަހަރެން މަހަށް ދަމެވެ. ކަޅުބިލަ މަސް ދަތި ދުވަސްވަރެއްގައި ވެއްޖެއްޔާ އަހަރެން އެކަނި ފަރުމަހަށް ގޮސް އުޅެމެވެ. އަހަރެން އާންމުކޮށް ފަރުމަހަށް ގޮސް އުޅެނީ އަހަރެން ބައްޕަގެ ކުޑަ ޑިންގީގައެވެ.

އެގޮތުން އެއީ ވެސް އަހަރެން ފަރުމަހަށް ނުކުތް ދުވަހެކެވެ. އިރުއޮށްސެން ގާތްވެފައިވަނިކޮށް އަހަރެން މަހަށް ނުކުތީ އާދައިގެ މަތިން ގިނިކަންޏާއެވެ. ބައްޕަގެ ކުޑަ ޑިންގީގައި އަހަރެންގެ ރަށާއި މޭލެއް ދުރުގައި އޮންނަ ކުޑަ ގިރިއަކާއި ދިމާއަށް މިސްރާބު ޖެހީމެވެ. އެއީ އެ ގިރި ކައިރި އަކީ ރަތްމަހާއި ފިލޮޅަށް މަޝްހޫރު ތަނަކަށް ވާތީއެވެ. 10 މިނެޓްގެ ރާސްތާއަކަށް ފަހު އަހަންނަށް އެ ގިރިއަށް ދެވުނެވެ. ގިރިއަށް ދެވުމުން ޑިންގީގެ ނަގިލިލާ ޑިންގީ ރަނގަޅަށް ހައްޔަރު ކުރީމެވެ. އެއަށްފަހު ޑިންގީގެ ފަހަތު ކަށްޅީގައި ހުރި ރޯލުތަށް ނަގާ މަސްބާނަން ދޫކުރަން ތައްޔާރު ވީމެވެ. ރޯލުތަށް ނެގުމަށްފަހު ބުޅީގައި އެއްޗެހި އަޅުވާ ރޯލު ދޫކުރީމެވެ. ހަމަ އެއްލިހިނދެވެ. ރޯލުގައި އެއްޗެއް ގަތެވެ. ހީވާ ހީވުމަށް އެއީ ވަރަށްވެސް ބޮޑު މަހެކެވެ. އެހެންކަމުން އެ މަހުގެ ބާރަށް ޑިންގީގެ މިސްރާބު ބަދަލުވިއެވެ. ޑިންގީހައްޔަރު ކުރަން އެއްލި ނަގިލިވެސް ވަކީ ކެހިފައެވެ. އެހެންކަމުން މަހުގެ ބާރަށް ޑިންގީ ގިރިއާއި ބޭރަށް ދަމަން ފަށައިފިއެވެ.

ޑިންގީ ބޭރަށް ދަމަން ފެށުމުން އަހަރެން ކުޑަކޮށް ބިރުގަންނަ ގޮތް ވިއެވެ. އެއީ މަހަށްދާތާ 15 އަހަރު ވީއިރުވެސް އަދިވެސް އެފަދަ ކަމެއް ދިމާވެފައި ނުވުމުންނެވެ.

ޑިންގީ ބޭރަށް ދަމަން ފެށުމުން ޑިންގީ ހައްޔަރު ކުރެވޭތޯ މަސައްކަތް ކުރީމެވެ. އެގޮތުން ޑިންގީގެ ކުރީ ކަށްޅީގައި އޮތް އިތުރު ނަގިއްޔެއް ގިރިއާއި ދިމާއަށް އެއްލީމެވެ. އަދި ގިރީގެ ގަލުތަކުގައި ނަގިލި ހައްޔަރުވުމުން ގަޔަށް ލެވުނުހާ ބާރެއް ލައިފައި ދަމަން ފެށީމެވެ. ނަސީބަކުން މާގިނަ އިރުތަކެއް ނުވެ ބުޅީގައި ގަނެފައި އޮތް އެތީގެ ކިބައިން ސަލާމަތް ވެވުނެވެ.

ގިރިއަށް އަލުން ދެވުމުން މަސްބޭނުމާއިގެން ހޭބޯނާރާ އުޅުނީމެވެ. އެއިރު އިރު، އުދަރެހުން ފިލައިފިއެވެ. ދުނިޔެ މަތި އަނދިރިވެއްޖެއެވެ. ކުއްލިއަކަށް އަހަންނަށް މީހަކު ގޮވާލިއެވެ. އަންހެން އަޑަކުންނެވެ. އަހަރެން ސިއްސައިގެން ގޮސް އެ އަޑު އަދި ދިމާއަށް ބަލައިލީމެވެ. އެހިނދު ކަމަކުދާކަށް ނެތެވެ. އަހަރެންގެ މޭގަނޑު އަގަޔަށް ނައީ ކިރިޔާއެވެ. ކުރިމަތީގައި އެހުރީ އަލިފާން ބޯޅައެވެ.

ގަންނާންކުރެއްވި ބިރުން ނަގިލި ކަނޑާލުމަށްފަހު ޑިންގީގެ މިސްރާބު ރަށާއި ދިމާއަށް ޖެހީމެވެ. އެއިރުވެސް އަލިގުޅަ އެއިން ހަމައިގައި އިނެވެ. އިރުކޮޅެއްގެ ނާމާން ދަތުރަށް ފަހު އަހަންނަށް ރަށަށް އާދެވުނެވެ. އަހަރެން ރަށަށް އައި އިރު ހުރީ ވަރަށް ބޮޑަށް ހުން އައިސްފައެވެ. ކޮންމެވެސް ވަރަކަށް ބޮލުގައިވެސް ރިއްސައެވެ. އެހެންކަމުން ރަށުގެ ސިއްހީ މަރުކަޒުން ބޭސްގަނެ އެކައިގެން އަހަރެން ނިދުމަށްޓަކައި ގެއަށް ދިޔައީމެވެ. އެއިރުވެސް އަހަންނަށް ކުރިމަތިވި ކަންތަށްތަށް ހަނދާނުގައި ހުއްޓެވެ. އަހަރެން ގެއަށް ގޮސް ނިދަން އޮށޯތީމެވެ. އަދި ކޮޓަރީގެ އަލި ފަޑުކޮށްލީމެވެ. އިސާހިތަކު ފުން ނިންޖަކުން އަހަންނަށް ނިދުނެވެ. ނިދީގައި އެވީ ކަމެއް އެއްގޮތަކަށްވެސް އަހަންނަކަށް ނޭނގުނެވެ. ނަމަވެސް އަހަރެން ނިދިން ހޭލެވުނު އިރު އޮތީ ބަރަހަނާ ހާލުގައެވެ. އަދި އަހަރެންގެ ގައިގެ އެތަން މިތާނގައި ވަކިތަކެއް ޒާތުގެ އެއްޗެއް ހުއްޓެވެ.

އެހެންކަމުން އެއީ އާދައިގެ ކަމެއް ނޫންކަން އަހަންނަށް ކަށަވަރުވިއެވެ. ވުމާއި އެކު ރަށުގައި ޖިންނި ފަންޑިތައަށް އެންމެ މޮޅު މީހާ ގެނެސްގެން ވެގެން އުޅޭގޮތް ބެލީމެވެ. އެމީހާ ކިޔެވެލިތަށް ކިޔެވުމަށް ފަހު އަހަންނަށް ފެންތަށްޓެއް ދިނެވެ. އަދި އެ ބުއިމަށް ބުންޏެވެ. ދެން އެފެންތަށި އަހަރެން ބުއިމުން އެމީހާ ވެގެން އުޅޭ ގޮތް ކިޔާދިނެވެ.

އޭނާ ބުނި ގޮތުގައި އަހަންނަށް އެހުރީ އަންހެން ޖިންނިއެއް އަވަލަވާފައެވެ. އަދި އެ ޖިންނި އަހަންނާއި ގުޅުން ބޭއްވި ކަމަށްވެސް އޭނާ ބުންޏެވެ. އެއަށްފަހު އެކަމުން ރަގަނޅުވާނީ ދާއިމީކޮށް ފަންޑިތަ ހަނދައިގެން ކަމުގައި ބުންޏެވެ.

އަހަންނަށް ކުރިމަތިވި އެހާދިސާއަށް މިއަދު އެތަށް ދުވަހެއްވެފައިވާއިރުވެސް އަހަރެން އަދިވެސް މިދަނީ އެ ކަމަށް ފަރުވާ ކުރަމުންނެވެ. އެއީ އެ ޖިންނީގެ އުނދަގޫ އަހަންނަށް އެކި ގޮތް ގޮތުން މިހާރުވެސް ކުރިމަތިވަމުންދާތީއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. Ñ

  ދެން އޭނަޔާ އިނދެގެން އުޅެބަލަ

  5
  1
 2. ޖިން

  ތިކަހަލަ ޖިންނިއެއް މަށާވެސް އަވަ ލާނެނަމަދޯ..! ލޮލް

  5
  1
 3. އަހުމަދު

  ރަހްމަތްތެރިޔާއަށް ތިޔަ ދިމާވެފައިވާ ކަމުން އަރައުގައތުމަށް ތިޔަ ހޯއްދެވީ ނުރަނގަޅު މަގެއް. އެއީ ފަންޑިތަހެދުމަކީ ﷲއަށް ޝަރީކުމުރުން. އެހެން ކަމުން ތިޔަކަމުން ﷲ ގެ ޝިފާ ލުބުމަކީ ނާދިރުކަމެއް. އަވަހަށް ﷲ އަށް ތައުބާވެ ރުގްޔާ ކުރައްވާ. ﷲގެ ރަހްމަތުން ތިޔަކަމުން މިންޖުވާނެ

  21
  6
  • މުހައްމަދު

   ފަންޑިތަ ވެސް ގޯސްވަނީ ވަކި ކަމެއް ވެގެން އެހެން ވީމައި ކަމުގެ މައުލޫމާތު ހޯދަގެން ނޫނީ ވާހަކަ ނުދެއްކުމަށް ސަމާލުކަން ދޭތި

   5
   8
   • ?

    ފަންޑިތަ ރަނގަޅުވާނެ އެއްވެސް ގޮތެއް ނޯންނާނެ

    14
    1
    • ކާ

     ފަންޑިތަ ރަނގަޅު. ނުބައި އެއްޗަކީ ސިހުރު??‍♂️

     1
     4
 4. މުހައްމަދު

  އިސްލާމް ދީނުގައި އޮންނަނީ ރުގްޔާ ކުރުން

  18
  2
 5. ާޕީޕީއެމް( ޑެޑީ)

  ޢަޅުގަނޑު ތިބޭފުޅާ އާއި ބައްދަލުކުރަން ވަރަށް
  ބޭނުން .
  މިހާތަނަށް ތިބާވަތުގެ މައްސަލަ ތަކުގައި ރުޤްޔާ ކުރެވި ވަރަށް ގިނަ މައްސަލަ ކާމިޔާބް ވެފައި ވެއެވެ.
  7747562 އަށް ގުޅުއްވާ.

  13
 6. ޢައިޝާ

  ކޮބާތަ ވަގުތު ނޫހުން ލިޔަމުން އައި ސިޑިމަތިން ފެންނަނީ ކޮން ކުއްޖެއް ވާހަކަ؟ މި ނޫސްމަތިން ފޫހިވެއްޖެ. އެއްވެސް ޒިންމާދާރު ކަމެއް ނޯވޭ. ޟުޅި ދުނިޔެ ވަށާ ފިނި ބުރު ޖެހުނީމަވީ. ޢަޅެ ތިވަރުން ވާހަކަ ނުލިޔާނަމަ

  2
  2
 7. Anonymous

  ރަގަޅު

 8. ފިރާޤު

  ތިކަހަލަ ޖިންނިއެއް މަށާވެސް އަވަ ލާނެނަމަދޯ..! ލޮލް

  1
  1