މަރުވިކަމަށް ނިންމާ މޯޗަރީއަށް ލި އެފްރިކާ އަންހެނަކު ދިރި ހުއްޓާ ފެނިއްޖެއެވެ.

އެފްރިކާގެ މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އެ މީހާ މަރުވިކަމަށް އޭނާ ބެލި ޕްރިމެޑިކްސް އިން ނިންމީ، އޭނާގެ ހަށިގަނޑުން އެއްވެސް ކަހަލަ ދިރިހުރިކަމުގެ ނިޝާނެއް ފެންނަން ނުތުމުންނެވެ.

އަދި އޭނާ މަރުވިކަމަށް ނިންމާ ލީ މޯޗަރީއަށެވެ. އޭނާ މޯޗަރީއަށް ލި ފަހުން ދިރި އޮއްވާ ފެނުނީ އެތަނުގައި މަސައްކަތް ކުރާ ފިިރިހެނަކަށެވެ. އެ މީހާ ބެލިބެލުމުން އެނގުނުގޮތުގައި، އެ އަންހެން މީހާ ނޭވާލާން ފެށިއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އެމީހާއަށް މިހާރު ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާގެ މަރުވިކަމަށް ނިންމި މައްސަލަ ބޮޑު މައްސަލަައެއްގެ ގޮތުގައި ތަހުގީގު ކުރަން ބޭނުންވާތީ ފުލުހުން ދަނީ އެކަންތައް ބަލަމުންނެވެ.

ބައެއް މީހުން ބުނާގޮތުުގައި، އެ އާއިލާގެ މެންބަރުން މިހާރު ތިބީ ޝޮކެއްގައެވެ. އަދި މިގޮތަށް ވާން ޖެހެނީ ޕެރެމެޑިކްސްއިންނަ ރަނގަޅަށް ޓްރެއިނިންގ ނުލިބޭތީކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

މިއީ މި އަހަރު ތެރޭގައި މިގޮތަށް މެދުވެރިވި ފުރަތަމަ ފަހަރެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު