މިސްރަށް ނިސްބަތްވާ ފިރިހެނަކު 33 އަންހެނަކާއި ވަގުތީ ގޮތުން ކައިވެނި ކޮށް، އެ މީހުން ވަރިކޮށްފައި ވަނީ އެ މީހުންގެ ކުރީގެ ފިރިންނާއި އަލުން ކައިވެނި ކުރުމަށް ހުއްދަ ހޯދުމަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މުހައްމަދު އަލް މަލާހް އެމްބީސީ މިސްރު ޓީވީ ޓޯކްޝޯގައި ބުނީ، އޭނާ 33 ފަަހަރަށް ކައިވެނިކޮށްފައި ވަނީ، އެ އަންހެނުން އެ މީހުންގެ ކުރީގެ ފިރިހެންނާއި އަލުން ކައިވެނީގެ ގޮތުން ގުޅުވޭ ގޮތް ހެދުމަށް ކަމަށެވެ. އެ އެންމެންނަކީވެސް ތިން ފަހަރަށް ފިރިމީހާ ގާތުން ވަރިވެ، ފަށް ކަނޑަން ޖެހިފައި ހުރި އަންހެނުންނެވެ.

"މިކަން ފެށުނީ އަހަރެން މަސައްކަތް ކުރާ ތަނުގައި އުޅޭ މީހަކު އަހަރެން ކައިރީގައި ބުނީ ތިން ފަށް ވެފައިވާ އޭނާގެ ރަހުމަތްތެރިޔާއާ ކައިވެނި ކުރުމަށް، އެއިރުން އެ އަންހެން މީހާއަށް އޭނާގެ ފިރިމީހާ ކައިރިއަށް އަނބުރާ ދެވޭނެތީވެ".

އޭނާ ކައިރީގައި އެދުނީ އިންސާނިއްޔަތަަށްޓަކައި އެކަން ކޮށްދިނުމަށެވެ.

މިގޮތަށް ރާއްޖޭގައިވެސް ކައިވެނިކޮށް އުޅެއެވެ.


ތިންފަށްވެ، ވަރިކޮށްފައިވާ ފިރިހެނާއާއި އަންހެނާއާ ދެމެދުގައިވާ ގުޅުން ބަޔާންކުރައްވާ މަދީނާގައި ދިރިއުޅުއްވާ ޝެއިޚް ޑރ. عَرَفَات بن حَسن المحمدي -حفظه الله- ވިދާޅުވެފައިވެއެވެ.

ސުވާލު : އަހަރުމެންގެ ޝެއިޚްއެވެ. އަންހެނަކު ތިންފަށް (ތިންފަހަރު) ވަރިކުރެވިއްޖެއެވެ. އެ އަންހެން މީހާގެ މައްޗަށް އޮންނަ ޙުކުމްތަކަކީ ކޮބައިހެއްޔެވެ؟

ޖަވާބު :“ވަރިކުރި ފިރިމީހާއަށް އެ އަންހެންމީހާ އެހެން ފިރިހެނަކާ ކައިވެނި ކުރުމަށްފަހު މެނުވީ ޙަލާލެއް ނުވާނެއެވެ. އެއްވެސް ޚަރަދެއް އަދި ހުންނާނެ ތަނެއް ދިނުމެއް ނޯންނާނެއެވެ. (ޚަރަދު އަދި ހުންނާނެ ތަނެއް) ދޭން ޖެހޭނީ ވަރިކުރިހިނދު މާބަނޑު ޙާލުގައިވެއްޖެ ހިނދުގައެވެ.

މަސްދަރު: އަބޫއަނަސް.އެމްވީ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަޖީ

    ފައްކަނޑާ މީހާއާއި ފައްކެޑުމަށް އެދޭމީހާއަށް ކީރިތި ރަސޫލާ ލައުނަތް ލެއްވިއެވެ. އެ ބަހީ އެއީ ހަރާމް ކަމެކެވެ.

    19
    1
  2. ޢަބްދުއްލަޠީފު

    ފައްކަޑަން ކައިވެނި ކުރުމަކީ ކައިވެނީގެ މަޤްޞަދާ ޚިލާފު ޙަރާމް ކަމެއް.

    3
    1