އެމެރިކާގެ ކަރޯނިލިޔާގައި ވައްކަން ކުރި އުމުރުން ދުވަސްވީ އަންހެނަކު އޭނާ ވައްކަން ކުރި މަންޒަރު އެފިހާރައިގައި ހުރި ސީސީޓީވީ ކެމެރާއަކަށް އަރާ އެމުސްކުޅި އަންހެން މީހާ ފަލީހަތްވެއްޖެއެވެ.

ކަރޯނިލިޔާގެ ފުލުހުންވަނީ މިއަންހެން މީހާ ވައްކަން ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ފޭސްބުކްގައި އާއްމުކޮށްފައެވެ. އަދި މިމީހާ ހޯދުމުގައި އާއްމުންގެ އެހީތެރިކަމަށްވަނީ އެދިފައެވެ.

މިވީޑިއޯއިން ފެންނަ ގޮތުގައި މިމީހާ ވަގަށް ނަގާފައިވަނީ ފިހާރައެއްގައި ހުރި މީހެއްގެ ޕާހެވެ. ވީޑިއޯއިން ފެންނަ ފެނުމަށް ފުރަތަމަ މިމުސްކުޅި މީހާ ގޮސް ފިހާރައިގައި ހުންނަ މީހެއްގައިގައި ޖެހިގަނެއެވެ. އަދި ބިއްމައްޗަށް ވެއްޓިގައެވެ. ޕާސް ވަގަށްނަގަނީ ވެއްޓިފައި އޮތް އެމުސްކުޅި މީހާ އަށް އެހީތެރިވުމަށް ތިރިވާ ހިސާބުންނެވެ.

ވަރަށް ވަގު ގޮތަކަށް ޕާސް ނެގުމަށްފަހު ފޮރުވާ މަންޒަރު މިވީޑިއޯއިން ފެނެއެވެ. ވޮލެޓް ވަގަށް ނެގި މީހާއަށް އޭނާގެ ވޮލެޓް ނެތްކަން އެނގިނީ ފިހާރައިން ގަތް ތަކެއްޗަށް ލާރި ދައްކަން ދާ ހިސާބުންނެވެ. މިމީހާ ވޮލެޓް ނެތްކަން އެގުމުން އެމައްސަލަ ފުލުހުންނަށްވަނީ ހުށަހަޅާފައެވެ.

މިމުސްކުޅި މީހާ ވައްކަން ކުރާތަނުގެ ވީޑިއޯ އާއްމުކޮށްފައިވަނީ ފުލުހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނިހާން

    ކޮބާ މައްސަލައަކީ. ރާއްޖޭގަ ވައްކަން ހުއްދަ ވިއްޔަ.

  2. ނުރަބޯ

    އެމެރިކާ މީހުންވެސް ވަށްކަންކުރޭތަ؟

    • ގަފިލާ

      އާން އެއީ އިސްލާމުން އެކަނި ކުރާ ކަމެއްނޫނޭ

  3. މީސަލް

    މި ވީޑިއޯ ކޮޅު ބަލާލަން ބޭނުން.

    • Anonymous

      އެ ކީކުރަން. ދަސްކުރަންތެ!!