މީގެ ހަފްތާއެއް ކުރިން ތައިލޭޑްއިން ގެއްލުނު ފުޓްބޯޅަ ޓީމް ފެނިއްޖެއެވެ. މިމީހުން ފެނިފައިވަނީ ގެއްލުނުތާ 9 ދުވަސްފަހުންނެވެ. މިމީހުން ފެނިފައިވާއިރު މީގެ ތެރެއިން އެކަކަށްވެސް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ސަލާމަތުން ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ހަފްތާއެއްގެ ކުރިން އެކުދިން ގެއްލިފައިވަނީ އެޤައުމުގެ ޗިއަން ރައި ޕްރޮވިންސުގެ ފަރުބަދަމަތީ ސަރަޙައްދެއްގައި ހުންނަ ބޮޑު ހޮހޮޅައަކަށް ވަދެ އުޅުމުގެ ތެރޭގައެވެ. މި ޓީމްގައި އުމުރުން 11 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިން ހިމެނެއެވެ. މިކުދިން ގެއްލިފައިވަނީ 25 އަހަރުގެ ކޯޗް އާވެސް އެކުގައެވެ.

މިއީ ތައިލެންޑަށް ވިއްސާރަ މޫސުން ފެށޭ ހިސާބު ކަމުގައިވާއިރު، އެކުދިން ހޮހޮޅައިގެ ތެރެއަށް ގެއްލިފައިވަނީ ބޯ ވާރޭގެ ސަބަބުން އެތަނުގެ ބައެއް ގިރައިގެންގޮސް ނިކުމެވެން ހުރި ހަމަ އެކަނި ދޮރު ބަންދުވުމުންނެވެ. ވިއްސާރަ ދުވަސްވަރުގެ މި ހޮހޮޅައިގެ އަޑީގައި 16 ފޫޓަށް ފެންބޮޑުވާ ކަމަށް ވެސް ވެއެވެ.

މިކުދިން މިހާރު ފެނިފައިވާއިރު މިކުދިން ސަލާމަތް ކުރުމުގެ މަސައްކަތް ވަރަށް ހަލުވި ކަމާއެކު ކުރަމުންދާކަމަށް އެޤައުމުގެ ފުލުހުންނާއި ހަވާލާދީ ތައިލޭންޑްގެ މީޑިޔާތަކުން ބުނެއެވެ. ގެއްލުނު ސަލާމަތް ކުރުމުގައި އަވަދި ނެތި ޑައިވަރުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު

    ދެން އައްޑޫއިން ގެއްލުނު ދެކުދިން؟

  2. އާންތު

    އެކުދީން ފެނުމުން ވަރައް އުފާ ވެއްޖެ.

  3. ނޫރަން

    އެކުދީން ފެނިލުމައް އެދެން

  4. މ

    الحمد لله