ބައެއް ފަރާތްތަކަށް ކައިވެނި ވެފައިވަނީ ކުޅޭ ކުޅޭ ކުޅިވަރަކަށެވެ. ބައެއް ފަރާތްތަކުން، މި ކުޅިވަރުގެ އެންމެ އުހަށް، ކައިވެނި ކުރާ ވަގުތު ދެއެވެ. ބުއްދި ޤަބޫލު ނުކުރާ ބައެއް ސަބަބުތަކާ ގުޅިގެން، ގިނަ ފަރާތްތަކުން ކައިވެނި ނުކުރަންވެސް ނިންމާފައިވެއެވެ. މިފަދަ ކަންކަން އެންމެ ގިނައިން ހިނގާފައިވާ އެއް ޤައުމަކީ ކައިރީގައި އޮތް އިންޑިޔާ އެވެ.

އެގޮތުން، ދާދި ފަހުން އިންޑިޔާގެ އަންހެނަކު ވަނީ، އޭނާގެ ވާން އުޅޭ ފިރިމީހާ އަކީ ވިދަންޏާ ބިރުގަންނަ ނުވަތަ ވިދުވަރެ ދެކެ ބިރު ގަންނަ މީހެއްކަމަށް ބުނެ، ކައިވެނި ނުކުރުމަށް ނިންމާފައެވެ.

މި އަންހެން މީހާ ބުނެފައިވާ ގޮތުގައި، އޭނާ ކައިވެނި ކުރަން ހަމަޖެހިފައި އޮތް ފިރިހެން މީހާއަކީ ވިދުވަރަށް ބިރުގަންނަ މީހެއްކަން އެނގުނީ، އޭގެ ދެ ދުވަސްކުރިން، އެމީހުންގެ ގެދޮރު ހުންނަ ސަރަޙައްދުގައި އޮންނަ ދަނޑެއްގައި ހުއްޓައެވެ.

ތާކުން ތާކު ނުޖެހޭ މި ސަބަބާ ގުޅިގެން، ކައިވެނި ކުރަން ހަމަޖެހިފައި އޮތް ޙަފްލާގެ ތެރޭގައި ކައިވެނި ނުކުރަން ނިންމުން، ފިރިހެން މީހާގެ އާއިލާގެ މީހުންނަށް ވަނީ ބޮޑު ޝޮކެއް ޖެހިފައެވެ. މިކަމުގެ ސަބަބުން، ފިރިހެން މީހާގެ އާއިލާގެ ފަރާތުން އައިސް ތިބި ގިނަ ބަޔަކުވަނީ އެތަނުގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި، އަންހެން މީހާ ނިންމި ނިންމުމަށް، އެފަރާތްތަކުން ވަނީ ފާޑު ކިޔާފައެވެ.

ފިރިހެން މީހާގެ އާއިލާ އިން މި ގޮތަށް ކަންތައް ކުރަން ފެށުމުން، އަންހެން މީހާގެ އާއިލާ އިންވަނީ ހަމަނުޖެހުން ހިންގާފައެވެ. މިކަމާ ގުޅިގެން ފުލުހުންވެސް އެތަނަށް ހާޟިރުކުރިއިރު، އަންހެން މީހާގެ އާއިލާގެ ތިން މީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައެވެ.

އެނގިފައިވާ ގޮތުގައި މިއީ އެޤައުމުގެ ބިހާރު ސްޓޭޓުން، މިފަދަ ކަމެއް ރިޕޯޓުކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު