ދުނިޔޭގެ އެންމެ ކުރު ބޮޑީބިލްޑަރުގެ ރެކޯޑް އިންޑިއާ އެތްލީޓަކު ހޯދައިފިއެވެ. އިސްކޮޅުގައި ތިން ފޫޓު ހަތަރު އިންޗް ހުންނަ މި މީހާގެ ނަން މިހާރު ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ.

ޕްރަޓިކް ވިޓަލް މޮހިތޭ އަށް އެ އެވޯޑް ލިބިފައި ވަނީ އޭނާގެ ރަހުމަތްތެރިންގެ އެދުމުގެ މަތިން އެވޯޑަށް އެޕްލައިކުރުމުންނެވެ.

ގައިނެސް ރެކޯޑް އިން އާއްމުކޮށްފައިވާ ވީޑިއޯއަކިން ފެނިގެން ދަނީ އޭނާ މިހާހިސާބަށް އައުމަށް ކުރި ދަތުރު ހިއްސާކޮށްފައެވެ.

އޭނާ ބުނެފައި ވަނީ މިފަދަ އެވޯޑެއް ލިބުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ. އަދި މިއީ އޭނާގެ ކެރިއަރުގަައި ލިބޭ އެންމެ ބޮޑު ކުރިއެރުން ކަމަށްވެސް ބުނެފައި ވެއެވެ.

ޕްރަޓިކް ބުނީ އޭނާ ބޮޑީބިލްޑިންގ ކެރިއާ ފެށީ 2012 ގައި ކަމަށެވެ. އަދި 2016 ވަނަ އަހަރު ފުރަތަމަ މުބާރާތުގައި ބައިވެރިވި ކަމަށް އޭނާ ބުންޏެވެ.

”އަހަރެންގެ ރައްޓެހިންނާއި އާއިލާ އަހަރެންނަށް ވަރަށް ސަޕޯޓްދޭ މިކަމައިގެން ކުރިއަށްދާން”

ޕެޓްރިކްއަކީ އުފަންވިއިރުވެސް ކުރު ކުއްޖެކެވެ. އޭނާގެ އަތާ ފައި ވަރަށް ކުރުކަމަށް އެއިރުވެސް ފާހަަގަވިކަމަށް ވެއެވެ. އަދި ފަހުން ޑައިގްނޯސް ކުރެވުނީ އެއީ ޑްވާފިސްމް ކަމަށެވެ.

ކުރުނަމަވެސް ބާރު ހުރި މި މީހާ މިހާރު މަސައްކަތް ކުރަމުން ދަނީ އިތުރު ރެކޯޑެއް ހެދުމަށެވެ. އެއީ އެއް މިނުޓް ތެރޭގައި އެންމެ ގިނައިން ޕުޝްއަޕް ހެދި މީހާގެ ރެކޯޑް ހެދުމަށެވެ.