ރައްޓެހިވެގެން އުޅޭއިރު ނުވަތަ ކައިވެނިކޮށްގެން އުޅޭ ދެމަފިރިއެއްގެ ދެމެދުގައި ދޭތެރެއަކުން މައްސަލަ ޖެހެއެވެ. އެއީ އާ ކަމެއް ނޫނެވެ. ކޮންމެ މީހެއްގެ ދޭތެރޭގައި ވެސް މިފަދަ މައްސަލަތައް ޖެހޭނެއެވެ. އެކަންކަން ހައްލުވާނީ ދެމަފިރިން ވާހަކަ ދައްކައިގެންކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ބައެއް ކަހަލަ މައްސަލަތައް ހައްލު ކުރެވުނު ނަމަވެސް، ހައްލު ނުކުރެވޭ ކަހަލަ މައްސަލަތައް އުފެދެއެވެ. އޭގެ ތެރޭގައި ފިރިހެން ބައިވެރިޔާ "ފޮޑި" ޖެހުން ކަހަލަ ކަންތައްތައް ހިމެނެއެވެ. ނަމަވެސް އެކަން މާ ބޮޑު ކަމަކަށް ނަހަދާ ލޯބިވެރިން ވެސް ތިބެއެވެ.

ބައެއް މީހުން ގަސްތުގައި އެކަން ކުރި ނަމަވެސް އަނެއް މީހުން އެއީ ގަސްތުގައި ކުރާ ކަމެއް ނޫނެވެ. ހިފެހެއްޓުމެއް ނެތި އެކަން ކުރެވޭ ފަހަރު ވެސް އާދެއެވެ. ނިދީގައި ވެސް އެކަން ކުރެވެއެވެ.

ނަމަވެސް މިހާރު ކަމުގެ ތަޖުރިބާކާރުން މިވަނީ އެގޮތަށް ފޮޑި ޖަހާ މީހުންނަށް ހާއްސަ ހައްލެއް ހޯދާފައެވެ. މިއާ އެކީ ދިރިއުޅުމުގައި ޖެހޭ އެމައްސަލަ އަށް ހައްލެއް ލިބުނީކަން ހަމަ ޔަގީނެވެ.

މީގެ ކުރިން ވެސް ފޮޑި ޖަހާ މީހުންނަށް ހާއްސަކޮށްގެން "ޖަންގިޔާ" އުފެއްދި ބައެއް ކަމަށްވާ ޝްރެޑީސް އިން މިފަހަރު ތައްޔާރު ކޮށްފައިވަނީ ގައިގައި އަޅާ ބްލެންކެޓެއް ކަހަލަ އެއްޗެކެވެ.

އެކުންފުނިން ބުނި ގޮތުގައި އެ ފަރުމާ ކޮށްފައިވަނީ ފޮޑީގެ ސަބަބުން ދުވާ ނުބައިވަސް ހިފަހައްޓާލާ ކާބަން ފައިބާ ޕެނަލް ބޭނުން ކޮށްގެންނެވެ. އެހެން ކަމުން ފޮޑިގެ ވަސް ނުދުވާ، ބައިވެރިޔާއަށް އަރާމުކޮށް ނިދޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެޕްރޮޑަކްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާކަން ހާމަކުރަމުން އެކުންފުނިން ބުނީ، ދުވާލެއްގެ މައްޗަށް އެނދުގައި އޮވެގެން 20 ފަހަރު ފޮޑި ޖެހިއަސް ވަސް ބޭރު ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޖޯން

  އެންމެމޮޅީ ކަޅު ކޮތަޅު // އަގުހެޔޮ އަދި ހޭލާފަ ބާލީސް ދަށަށްވެސް ލެވޭތީ މޮޅީ ‘

 2. ފޮޑި ތެޅޭމީހާ

  އަޅެ މިލިބޭނެ ނަމްބަރ ޖަހާލިނަމަ

  8
  1
 3. ހުސޭނުބޭ

  އުގުރިއެއް ޖަހާފައި ބާއްވާ

  15