ދަރިއަކު ލިބެން އުޅޭ ކަން އެނގޭ ހިސާބުން ކޮންމެ މީހަކު ވެސް ކުއްޖާ އަށް ކިޔާނެ ނަމެއް ހޯދާ ބަލައެވެ. ބައެއް މީހުންނަކީ ކުރިއާލާ ލިބޭ ކުއްޖަކަށް ކިޔާނެ ނަމެއް ހޯދައިގެން ތިބޭ ބައެކެވެ. މިއީ އެފަދަ އަންހެނެއްގެ ވާހަކައެވެ.

މިކަން ހިނގާފައިވަނީ ބޭރު ގައުމެއްގައެވެ. މީޑިއާ ރިޕޯޓުތަކުން މިކަން ހިނގާފައިވަނީ ކޮން ގައުމެއްގައި، ކޮން އަހަރެއްގައި ކަމެއް ސާފެއް ނުވެއެވެ.

މީޑިއާއަށް މައުލޫމާތު ދެމުން އެ އަންހެން ކުއްޖާ ބުނީ ކުޑައިރު ކުޅެން ގެންގުޅޭ ބުދުތަކަށް ނަން ދޭ ކަމަށެވެ. އޭގެ ތެރެއިން ވެސް އޭނާއަށް އެންމެ ކަމުދިޔަ ނަމަކަށް ވެގެންދިޔައީ "ހާލޯ"އެވެ. އުމުރުން 29 އަހަރުގައި އޭނާއަށް ދަރިއަކު ލިބުނެއެވެ. ކުއްޖާއަށް ކިޔާފައިވަނީ ކުޑައިރުން ސުރެ އެންމެ ކިޔަން ބޭނުންވެގެން އުޅުނު ނަމެވެ.

ކުއްޖާއަށް އެ ނަން ކިޔައިގެން އޭނާ އުފަލުން ހުރި ކަމުގައި ވިޔަސް، އެކަމާ އޭނާގެ ދައްތަ މޭރީ ނުރުހުނެވެ. ރެޑިޓް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން މޭރީ ވަނީ އޭނާއަށް ކަމުދިޔަ ނަމެއް އޭނާގެ އާއިލާ އެހެން މީހަކަށް ލިބުނު ދަރިއަކަށް ކިޔުމުން އެކަމާއި ކުދިކިޔައި، ޒުވާބު ކޮށްފައެވެ،. މޭރީ ގަބޫލުކުރާ ގޮތުގައި އޭނާ ކިޔަން ހިތުލައިގެން ހުރި ނަން ކިޔުމަކީ އޭނާގެ ކޮއްކޮ ކުރި ވައްކަމެކެވެ.

މޭރީގެ ދައްތަ ބުނެފައިވަނީ ކުއްޖާއަށް ކިޔާނެ ނަން އިއުލާންކުރި ހިސާބުން ކުރި ޒުވާބަށްފަހު ދެމީހުން އެކަކު އަނެކަކާއި ވާހަކަ ދެއްކުން ހުއްޓުނު ކަމަށެވެ. އަދި އޭގެ ފަހުން މޭރީ އޭނާއަށް ބޮޑުދައިތަ ކިޔާ ތުއްތު ކުއްޖާ ދެކިލަން ވެސް ނުދާ ކަމަށް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަނަސް

    ނުވަމަހާ އެއަށްުރެ ގިނަދުވަހު އެތަށްއުއްމީދު ތަކާބުރައަކާ ބައެއްއުފާތަކުން މަހުރޫމްވެ ވީހާރަށްކާ
    ތެރިކަމާއެކު މައިމީހާގެ ބަނޑުތެރޭގައި ގެންގުޅޭ ކުއްޖާގެ މައިމީހާއަށްވުރެ އެއްވެސްކަމެއްގައި
    އިސްމީހަކު ނުހުންނާނެ ﷲ ގެ މަގުގައި ޖިހާދުކުރެއްވުމަށް އުޅުއްވި ފަރާތަކަށްވެސް މައިމީހާ
    ދުނިޔޭގައިހުރިނަމަ މައިމީހާއަށް ޚިދުމަތްކުރެއްވުމަށް ބާރުއަޅުއްވާފައިވަނީ މިހެންވެ ނަމަވެސް
    އިސްލާމަކަށް ނުވާފަރާތަކަށް މިކަންނޭގި އޮވެދާނެ ނަމަވެސް ﷲ ގެ އެންގެވުމަކީ އެންމެފުރިހަމަ އެންގުން

  2. ޅޮލް

    މި ދެން ހަބަރުގަ ޖަހާ ވަރު ވާހަކަ އެއް؟