އެމެރިކާގެ މެކެމްބްގެ ރެސްޓޯރެންޓްގައި ކުރި ޒުވާބެއްގައި އަންހެނަކު ރުޅި ގަދަވެގެން ފިރިހެނެއްގެ ކަންފަތް ކާލައިފިއެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހަމަނުޖެހުން ހިނގާފައިވަނީ މެކެބްގައި ހުރި ޗައިނީސް ރެސްޓޯރެންޓެއްގައެވެ. ފުލުހުންނާއި ހަވާލާދީ އެމެރިކާގެ ނޫސްތަކުގައި ބުނެފައިވަނީ މިހަމަނުޖެހުންތައް ހިނގާފައިވަނީ އޯޑަރު ކުރި ތަކެތީގެ ސަބަބަުން ކަމަށާއި މިމައްސަލަ މިހާރު ފުލުހުން އިތުރަށް ތަޙްޤީޤް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ރެސްޓޯރެންޓްއެއްގެ ތެރޭގައި ބަޔަކު މާރާމާރީ ހިންގަމުން އަންނަ ކަމަށް މައުލޫމާތު ލިބިގެން ފުލުހުން ކުށުގެ ވެއްޓަށް ދިޔަ އިރު ކަތްފަތުގެ ބޮޑު ބައެއް ކާލާފައި އޮތް ފިރިހެނެއް ބިން މަތިން ފެނުނު ކަމަށާއި އަދި އަގައިގައި ލޭހުރި އަންހެނެއް އެ ފިރިހެން މީހާ ކައިރީގައި ހުއްޓާ ފެނުނު ކަމަށެވެ.

މަންޒަރު ދުށް މީހުންނާއި ފުލުހުން ސުވާލު ކުރުމުން މި ފިރިހެން މީހާގެ ކަންފަތް ކާލާފައިވަނީ އަންހެން މިހާކަން އެނގުނު ކަމަށާއި ފުލުހުން މިހާރު މިމައްސަލައިގައި ގިނަ ބަޔަކާއި ސުވާލު ކުރަމުން ދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިމައްސަލަ މިމީހާގެ މައްޗަށް ސާބިތު ވެއްޖެނަމަ 20،000 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހިދާނެ ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިމް

    ޔާ ރައްބީ