ޕޮޕްކޯނަކީ ވަރަށް ގިނަ މީހުން ފޫހި ފިލުވާލުމަށް ކާ އެއްޗެކެވެ. ފުޓްބޯޅައިގެ އީދު، ވޯލްޑްކަޕް, ފެށިގެން ކުރިޔަށް ދާއިރު، ޕޮޕްކޯންއަކީ ވަރަށް ގިނަ ބައެއްގެ ވަރަށް ގާތް އެކުވެރިޔަކަށް މިވަނީ ވެފައެވެ.

ޕޮޕްކޯނަށް ލޯބި ކުރާ ފަރާތްތަކަށް މިއޮތީ ހައިރާން ކޮށްލާފަދަ ޚަބަރެކެވެ. އޮހީނޯ ޔުނިވަރސިޓީއިން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ޕޮޕްކޯން އެންމެ މީރީ ޗައިނާ މީހުން ކެޔުމަށް ބޭނުން ކުރާ ދަޑިކޮޅު، ޗޮޕްސްޓިކް، އިން ކެއީމައެވެ.

ގިނަ އަދަދެއްގެ ބައިވެރިން ހިމަނައިގެން ކުރެވުނު މިދިރާސާގައި ދައްކާ ގޮތުގައި ޗޮޕްސްޓިކްއިން ކެޔުމުގެ ސަބަބުން ކެޔުމަށް ބޮޑަށް ސަމާލުކަމެއް ދީ، ކާތަކެތީގެ ރަހަ މީރު ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. މިގޮތުން މިދިރާސާގައި ދެ ގުރޫޕްއަކަށް ދިރާސާގެ ބައިވެރިން ބަހާލާ އެއް ގުރޫޕްއިން އަތުން އަނެއް ގުރޫޕް އިން ޗޮޕް ސްޓިކްއިން ޕޮޕްކޯން ކެޔުމަށް އިރުޝާދު ދީފައިވެއެވެ. އަދި މި ގޮތަކަށް ގުރޫޕް ބަދަލު ކުރެވިފައިވެއެވެ. ދިރާސާގެ ބައިވެރިން ބުނި ގޮތގައި މީރީ ޗޮޕްސްޓިކްއިން ކެއި ޕޮޕްކޯނެވެ.

މިދިރާސާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި އޮހީނޯ ޔުނިވަރސިޓީގެ ޕްރަފެސަރެއް ކަމަށްވާ ރޮބާޓް ސްމިތް ބުނެފައިވަނީ ޗޮޕްސްޓިކްއިން ޕޮޕޮކޯން ނުވަތަ އެހެންވެސް ކާނާ އެއް ކައިފިނަމަ އޭގެ ރަހަ މީރު ކަމަށް ޤަބޫލު ކުރެވޭ ކަމަށާއި މިއީ މިގޮތަށް ކާއިރު ކެޔުމަށް ޚާއްސަ ސަމާލުކަމެއް ދެވުމުން ދިމާވާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ކަށިކޭލު ބަތްޕެންވެސް އެންމެ މީރީ ޗޮޕްސްޓިކުން ބުއީމާ........ މިއީ އަދި މި މީހުންނަށް ނޭގޭ ކަމެއް!

    • ފާތުމަ

      އާ، ދޯ ހުސޭނުބޭ!