އަންހެނަކު ރޭޕް ކުރުމާއި އޮޅުވާލުމުގެ މައްސަލައެއްގައި އިންޑިއާގެ ފިލްމީ ތަރި މިކުން ޗަކްރާބޯޓީގެ ދަރިފުޅު މަހާކްޝޭ އާއި މަންމަ ޔޮގިތާ ބާލީގެ މައްޗަށް ކޮށްފިއެވެ.

މި މައްސަލަ މިހާރު އިންޑިއާގެ ކޯޓެއްގައި ދަނީ ހިނގަމުންނެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ ރޭޕްކުރި ކަމަށް ބުނާ އަންހެން މީހާއެވެ.

އޭނާ ކޯޓުގަިއ ބުނިގޮތުގައި، މަހާކްޝޭ އޭނާއަށް ޑްރަގް ދިނުމަށްފަހު ރޭޕް ކުރީއެވެ. އަދި އޭގެ ފަހުން އެ ދެ މީހުން ގުޅުން ރަނގަޅުވެފައިވަނިކޮށް އޭނާ ބަނޑުބޮޑުވުމުން، މަހާކްޝޭ އެދުނީ އެ ދަރި ވައްޓާލުމަށް ކަމަށްވެސް އެ އަންހެން މީހާ ކޯޓުގައި ވަނީ ބުނެފައެވެ.

އަދި އެ ދަރި ވައްޓާލުމަށްފަހު ވެސް އެ ގުޅުން ކުރިއަށްގޮސް އެންމެ ފަހުން އެ ގުޅުން މެދުކެނޑުނީ އެ އަންހެން މީހާ މަހާކްޝޭ ކައިރިން ކައިވެނި ކުރަނީ ކޮންއިރަތޯ އެހުމުން، އެކަން އޭނާ ނުކުރާނެކަން އެންގުމުންނާއި، އޭނާ އާއި މަހާކްޝޭގެ ގުޅުން ފަޅާ އަރާ އެކަމާއި މަހާކްޝޭގެ މަންމަ ބާލީ އޭނާއަށް އިންޒާރު ދިނުމުންނެވެ.

ބާލީ އެ އަންހެން މީހާއަށް އިންޒާރު ދިނުމުން އޭނާ ވަނީ މުމްބާއި އިން ދިއްލީއަށްވެސް ބަދަލުވެފައެވެ.

ކޯޓުން ބުނީ، ގާނޫނީ ގޮތުން އެ ފިރިހެން މީހާކޮށްފައި ވަނީ ކުށެއްކަމަށާއި، އެއީ ރޭޕްގެ ކުށެއްކަން ބެލެވޭ ކަމަށާއި، އެ މައްސަލަ ބެލޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިންޑިއާގެ ފިލްމީ ތަރި މިކުން ޗަކްރާބޯޓީގެ، ހަހަހަ