މުސީބާތެއްގެ ވަގުތުގައި އޮތް ހައްލެއް ކަމަށް ދެކިގެން، އަމިއްލައަށް މަރުވުން ނުވަތަ އަމިއްލަ ފުރާނަ ދުއްވާލުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީ ކުރަށްވާފައިވާ ކަމެއް ނަމަވެސް، މިއީ ރާއްޖެއާއި މުޅި ދުނިޔޭގައިވެސް އިތުރުވަމުން އަންނަ ނުރައްކާތެރި އަދި ބޮޑު މައްސަލައެކެވެ. ކަން މިހެން އޮތްއިރު ނެދަލޭންޑްސްގައި ބަޔަކު މިވަނީ މިކަމަށް ޚާއްސަ މެޝިނެއް އުފައްދައި ވިއްކަންވެސް ތައްޔާރުވެފައެވެ.

އެޤައުމުގެ އިންޖިނިއަރުންގެ ޓީމަކުން އުފައްދާފައިވާ މި މެޝިން ތްރީޑީ ޕްރިންޓްކޮށް ކޮންމެ ތަނެއްގައިވެސް އެސެމްބަލް ކުރެވޭއިރު، މެޝިނަށް އެކްސެސްވެވޭނީ ހަމައެކަނި އޭގެ ވެރިފަރާތަށް ދީފައި އޮންނަ ސިއްރު ކޯޑެއް ބޭނުންކޮށްގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި މެޝިން އެކްޓިވޭޓް ކުރެވޭނީ އޭގެ ވެރިފަރާތް މެޝިނުގެ ތެރޭގައި ހުންނަ ސީޓެއްގައި އިށީނުމަށްފަހު ދޮރު ރަނގަޅަށް ބަންދު ކުރުމުންނެވެ. އަދި އެއަށްފަހު އޭގައިވާ ބަޓަނަކަށް ފިއްތާލުމުން އިސާހިތަކު އޭނާގެ ހަށިގަނޑާއި ފުރާނަ ވަކިވެދެއެވެ.

މި މެޝިން އުފައްދާފައިވަނީ، އިންސާނާއަށް ބޭނުންވާ އޮކްސިޖަން ހުސްކޮށްލުމަށްފަހު އޭގެ ތެރޭގައި އޮންނަ މީހާ ނޭވާ ހާސްކޮށްލައިގެން މަރުވާ ގޮތަށެވެ. މަރުވުމަށް ތައްޔާރުވުމަށްފަހު ބަޓަނަށް ފިއްތާލުމުން މެޝިނުގެ ތެރޭގައި ހުންނަ ސިލިންޑަރަކުން ބޭރުވާ ލިކުއިޑް ނައިޓްރޮޖެންގެ ސަބަބުން، ވަކި މިންގަނޑަކަށް އޭގެތެރޭގައި ހުންނަ އޮކްސިޖަން ލެވެލް ދަށްކޮށް އެކީގައި ހުސްކޮށްލައެވެ. އަދި މިގޮތަށް ދިމާވާއިރު ބޭރަށް ނިކުތުމަށް ބޭނުންވީނަމަވެސް ބަޓަނަށް ފިއްތާލުމަށްފަހު ސަލާމަތްވުމުގެ ދޮރު ބަންދުވީއެވެ.

އެއްފަހަރަށްވުރެ ގިނައިން ބޭނުން ކުރެވޭ މި މެޝިނަކީ، މިހާތަނަށް ރަސްމީ ގޮތެއްގައި އަމިއްލައަށް މަރުވުމަށް އެދޭ ފަރާތްތަކަށް ޚާއްސަކޮށްގެން އުފެއްދި ފުރަތަމަ އާލާތެވެ. މި މެޝިން އުފެއްދި ފަރާތުން ވަނީ، ކުރިއަށްއޮތް ތަނުގައި އޮންލައިންކޮށް މި މެޝިން ވިއްކުމަށް ނިންމާފައެވެ.

މިފަދަ މެޝިނެއް އުފެއްދުމުން، އަމިއްލައަށް މަރުވާ މީހުން އިތުރުވެ އެކަމަށް އިތުރަށް ހިއްވަރު ލިބޭނެ ކަމަށްޓަކައި، ބައިނަލްއަޤުވާމީ ޖަމާޢަތްތަކާއި އެކިއެކި ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މި މެޝިން އުފެއްދުމާއި ބޭނުންކުރުމުގެ އިތުރުން ވިއްކުން މަނާކުރުމަށް، އެފަރާތްތަކުން ދަނީ ކަމާއި ބެހޭ އިދާރާތަކަށް ގޮވާލަމުންނެވެ.

ދުނިޔެ ކުރިއަރައިދާ ދިއުމާއި އެކު އިންސާނާއަށް ﷲ ދެއްވި ނިޢުމަތްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން އެކަލާނގެއަށް އުރެދި ކުރުފުވާ މިފަދަ މީހުން ދުނިޔޭގައި މަދެއް ނޫނެވެ. ކޮންމެ އިންސާނަކަށްވެސް ހެޔޮ މަގު އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، ރަނގަޅުގޮތް އަމިއްލަ އިހްތިޔާރުގައި ދެނެގަތުން ގުޅިފައިވަނީ ދެދުނިޔޭގެ ބާއްޖަވެރިކަމާއެވެ.

ވަގުތީ ޙަޔާތެއްގައި އިންސާނުން ވޭތުކުރާ ދުވަސްތަކަކީ ބޯހާސްވުމާއި ގޮތްހުސްވުމާއި ހިތާމަވެރި ކަންކަމާއި ލަދުގަންނަންޖެހޭފަދަ ކަންކަމުން ފުރިގެންވާ ދުވަސްތަކެއް ކަމުގައިވުން އެއީ ދުނިޔޭގެ އާދައެވެ. އެހެނަސް، ރޭގަނޑު ކިތަންމެ ދިގުހެން ހީވި ނަމަވެސް، އަބަދުވެސް ފަތިސް ވަގުތު ވަނީ ނުހަނު ގާތުގައި ކަން ހަނދާނުގައި ބަހައްޓާނަމަ ގޮތްހުސް ވާކަށް ނުޖެހޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. Anonymous

  ނޫސްވެރިންވެސް ހޭލުންތެރިވާން އެބަޖެހޭ، ދުނިޔޭގެ އަލަށް އެއްޗެއް އުފައްދާފަ ތަޢާރަފުކުރިޔަސް ނޫސްވެރިން އިޝްތިހާރުކުރަންޖެހޭ ތަކެއްޗާއި ނުކުރަންޖެހޭ ތަކެތި ނޫސްވެރިން ވިސްނަންޖެހޭނެ، މީ ދުނިޔޭގެ ވިޔަފާރި މާކެޓުގައިވާ އެއްޗެއްކަން މިގައުމަށް އެގެންޖެހޭތަ، ފައިދާއަކީ ކޮބައިތަ؟؟

  • ޜިޒް

   ތިބުނީ ވަރައް ރަނގަޅު ވާހަކައެއް

  • މަ

   ރަނގަޅު ވާހަކައެއް.

 2. އަހްމަދު

  ތީތީ ޔާންޓެ ގަނެފާނެހެންހީވޭ އަޅެއަހާލަބަލަ

  • ބާޒާރުއަލިބެ

   އަންނިޔަށް މިހާރު ބޭނުން ވެފަ އިން މެސިނެތްމީީ. ވެރިކަން ހޯދަން ތެޅިތެޅި މިހާރު މާޔޫސްވެގެން މަރުވާންވެފަ ހުރީީ. ޕާޓީއަށް ހެޔޮއެދޭ ފަރާތްތަކުން ފަންޑްރެއިޒް ކޮއްގެންވެސް މި ގަނެފަދޭން ފެނޭ. އެއީީ ޕާޓީގެ ކުރިމަގައްވެސް މިހާރު އެއްމެ ރަނގަޅުގޮތް

   • ދިވެގި

    ޔާނޓޭ އުފަލުން ހިލޭ އަންނި އަށް ދޭނެދޯ

 3. ޜިޒް

  ޔާރައްބީ ޕިސް ޕިސް

 4. ކ

  ތި ގަނެގެން އުޅޭ މީހުން ގަދަކަމުން ތިއަށް ލައިގެންެ މެރުން އިތުރުވެގެން ދާނެކަމަށް ގަބޫލުކުރެވޭ

 5. ރައްޔިތުން

  .މުސްލިމު ގައުމެއްގައި މިފަދަ ތަކެތި އިސްތިހާރުކޮށް އެ މައުލޫމާތު ގެނެސްދޭ މީހުންނަށް ބޮޑު އަދަބު ދޭންޖެހޭ.

 6. ރާއްޖެ

  ހިލޭ ވަޅި އާއި ވަލާއި އެއްޗެހި ލިބެން ހުއްޓާ އަގުބޮޑު މެޝިނެއް ގަންނަނީކީއްކުރަން؟