ވައްކަން ކުރި ކަމަށްބުނެ އިންޑިޔާގެ އުއްތަރަ ޕްރަޑޭޝްގައި 14 އަހަރުގެ ކުއްޖަކު އޮރިޔާންކޮށް 7 މީހުންގެ ގުރޫޕްއަކުން އަނިޔާކޮށްފިއެވެ.

އިންޑީޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކުއްޖާ އޮރިޔާންކޮށް އަނިޔާ ކޮށްފައިވަނީ މިކުއްޖާ މަސައްކަތް ކުރާ ގުދަނުން ވައްކަން ކުރި ކަމުގެ ތުހުމަތެވެ.

މިކުއްޖާ މަސައްކަތް ކުރަމުންދާ ގުދަނާއި ހަވާލުވެގެން ހުރި މީހާ ބުނެފައިވަނީ މިކުއްޖާ އެގުދަނުން 1،000 ރުޕީސްއަށްވުރެ ގިނަ ރުޕީސްގެ މުދާ ވަގަށް ނަގައިފައިވާ ކަމަށެވެ.

އުމުރުން 14 އަހަރުގެ މިކުއްޖާގެ ބައްޕަވަނީ މިމީހުންނާއި ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. މިކުއްޖާގެ ބައްޕަ ބުނެފައިވަނީ މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާއި އެއްވެސް މީހެއްގެ ދަރިއަކަށް މިފަދަ ގޮތަކަށް އަނިޔާ ކުރުމުގެ ބާރު އެއްވެސް މީހަކަށް ނޯންނާނެ ކަމަށެވެ.

މިކުއްޖާ އޮރިޔާން ކުރުމަށްފަހު ގަހެއްގައި އެކޮޅުކޮޅުން އައްސާ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިޔާގައިދަނީ ދައުރުވަމުން ނެވެ. ފުލުހުން މިމައްސަލައިގައި މިހާތަނަށް 2 މީހަކުވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑު ދެލޯ

    މަ ބުނަމެއްނޫން ތިޔައީ އިންޑިޔާއޭ! ކޮއްމެފަދަ ކަމެއްވެސް ކޮށްފާނެ! ކުރާނެ!، މޯދީގެ ސަރުކާތެއްގައި ތިޔަ ކަހަލަ ކަންތަކީ ބަލާ ކަން ތަކެއްނޫން. ޓް އިޒް އޯ ކޭ!