މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު އިންޑިއާގެ ދިއްލީގެ އުތުރުން އޮންނަ ބުރާރީ ސަރަހައްދުގައި މަރުވި އެއް އާާއިލާގެ 11 މީހުންގެ ،މަރާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދަނީ ދައްކަމުންނެވެ. އެ އާއިލާގެ މަރާއި ގުޅޭގޮތުން ގޮތް ނޭގޭ ކަންތައްތަކެއްގެ ވާހަކަވެސް ދެކެވެއެވެ.

އެހެން ނަމަވެސް މި ހުރިހާ ވާހަކައެއްގެ ހަގީގަތެއް އަދި ނޭގެއެވެ. އެގެއިން ފެނުނު ނޯޓެއްގެ ތެރެއިން ފެނުނު އެ މައުލޫމާތުގެ މައްޗަށް އަދި ގޮތެއް ނިންމާކަށް އަދި ނުވޭ ނޫން ހެއްޔެެވެ؟

ފުލުހުން ބުނީ އެ 11 މީހުންގެ ތެރެއިން 10 މީހުން މަރުވީ ސީދާ ދަންެޖެހިގެންކަމަށް އޮޓޮޕްސީ ރިޕޯޓުންވެސް ދައްކާ ކަމަށެވެ.

ފުލުހުން ބުނީ، މަރުވެފައިވާ އެންމެންގެ ތެރޭގައި ހިމެނޭ 77 އަހަރުގެ އަންހެން މީހާގެ ހަނގު ދަރިފުޅު ނަރަޔާން ޑެވީ، ކުއްލި މަރާއި ގުޅޭގޮތުން ކޮންމެވެސް ވަރަަކަށް 2015 ވަނަ އަހަރުން ފެށިގެން ވާހަކަދައްކާފައިވާކަން ގެއިން ފެނުނު ނޯޓުތަކުން އިނގޭ ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިން ފަށައިގެން އޭނާ ބުނާގޮތުގައި، މަރުވި އޭނާގެ ބައްޕަ އޭނާއާ ބައްދަލު ކުރަން އާދެއެވެ.

އަދި އެގޭތެެރެއިން ފެނުނު ނޯޓެއްގައި އާއިލާގެ ހުރިހާ އެންމެން ސަލާމަތް ކުރާނެކަމަށް ބުނެ ލިޔެފައިވާކަމަށް ވެއެވެ. އެ ނޯޓުގައި ލިޔެފައި ވަނީ،

"ކަލޭގެ އެންމެ ފަހު ވަގުތުގައި ކަލޭގެ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ހިނދުގައި ޖައްވު ހުޅުވި ބިންގަނޑު ތެޅެން ފަށާނެއެވެ. އަދިި ބާރަށް ކިޔަން ފަށާށެވެ. އަހަރެން ކަލޭ ސަލާމަތް ކުރަން ދާނަމެވެ. އަދި އެހެން މީހުންވެސް ސަލާމަތް ކުރާނަމެވެ". މިއީ އެގޭތެެެރެއިން ފެނުނުކަމަށް ބުނާ ނޯޓުގެ ތަރުޖަމާއެކެވެ.

އެ އާއިލާގެ 11 މީހުން މަރުވިއިރު، އެ އާއިލާއަށް ނިސްބަތްވާ ދެ މީހަކު ތިބީ އެހެން އަވަށެއްގައެވެ. އެތަނުން އެކަކު މީޑިޔާތަކައް މައުލޫމާތުދެމުން ބުނީ، އޭނާގެ އާއިލާ އަމިއްލައަށް މަރުވީކަމަށް އޭނާާ ގަބޫލުނުކުރާ ކަމަށެވެ. އަދި އޭނާއަށް ގަބޫލުކުރެވެނީ އޭނާގެ އާއިލާ މަރާލީ ކަމަށެވެ.

އެހެން ނަމަވެސް ފުލުހުން އަދިވެސް އެ މީހުން މަރުވީކަމެއް އަދި މަރާލީކަމެއް ކަށަވަރުކޮށްނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮޑު ދެލޯ

    ތިޔައީ އިންޑިޔ،ާ ނޫންހެއްޔެވެ. އެހެންވީމާ ހައިރާނެއް ނުވެއެވެ! ތިޔައީ އިންސާނިއްޔަތު ކަމާއި ހަމަހަމަކަމާއި ފަރުދީ މިނިވަން ކަމާއި ޙައްޤަކާއިނުލައި މީހުންނަށް އަނިޔާ "ނުކުއުމުގެ"ލާމަސީލު ރެކޯރ،ޑެއް ގެންގުޅޭ "މޯޑ"ގެ ރަށް ނޫންހެއްޔެވެ. މަގުމަތީގައި ދުވާ ވލު ކުއްތާ
    ،

  2. ބޮޑު ދެލޯ

    ތިޔައީ އިންޑިޔ،ާ ނޫންހެއްޔެވެ. އެހެންވީމާ ހައިރާނެއް ނުވެއެވެ! ތިޔައީ އިންސާނިއްޔަތު ކަމާއި ހަމަހަމަކަމާއި ފަރުދީ މިނިވަން ކަމާއި ޙައްޤަކާއިނުލައި މީހުންނަށް އަނިޔާ "ނުކުއުމުގެ"ލާމަސީލު ރެކޯރ،ޑެއް ގެންގުޅޭ "މޯޑ"ގެ ރަށް ނޫންހެއްޔެވެ. މަގުމަތީގައި ދުވާ ވލު ކުއްތާއަށްވެސް އިންސާނުންނަށްވުރެ ޙިމާޔަތާއި ރައްކާތެރިކަން ލިބި ދީފާ އޮންނަ މަޝްހޫރު އިންޑިޔާ ނުޫންހެއްޔެވެ. އަމިއްލަ ގައިގާ ހުންނަ ގުއި ނުފެނި އެހެން މީހުންނާއި އަޅައި ފޮޅެން އެގޭ ބައެކެވެ! ބޯ ހަލާކު!
    ،