ޖަޕާންގެ ގޭގްއަކަށް ނިސްބަތްވާ 80 އަހަރުގެ މީހަކު އޭނާ ގެންގުޅެމުން ދިޔަ ބަޑިއެއް ސާފު ކުރުމުގެ ތެރޭގައި އަމިއްލަ އަތަށް ބަޑި ޖަހި އަތުގެ ކުޑަވައި އިނގިލި ބުރިކޮށްލަން ޖެހިއްޖެއެވެ.

ޖަޕާނުގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި މިމީހާއަކީ ބަޑި ގެންގުޅުމުގެ ހުއްދަ އޮތް މީހެއް ނޫނެވެ. އަދި އަތަށް ނޭނގި ބަޑި ޖެހުމާއެކު މިމީހާވަނީ ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދާފައެވެ. ހޮސްޕިޓަލުން ފަރުވާ ހޯދަން ދިއުމުން ހޮސްޕިޓަލުން މިމައްސަލަ ފުލުހުންނަށްވަނީ ހުށަހަޅާފައެވެ.

ބަޑި ގެންގުޅުމުގެ ޤާނޫނާއި ޚިލާފުވުމުގެ ކުށުގައި މި 80 އަހަރުގެ މީހާއަށް ހުކުމެއް އަންނާނެ ކަމަށް ބޭރުގެ މީޑީޔާތަކުން މައުލޫމާތުދެއެވެ. މިމައްސަލައިގެ ތަޙްޤީޤަށް މިމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މިހާދިސާ ހިނގީ ބަޑީގައި ވަޒަނެއް އިންކަން ނޭނގި އަތާ ދިމާކޮށް ބަޑިޖެހުމުންނެވެ. 80 އަހަރުގެ ހާންޝޯ ތަކާޝީއަކީ މީގެ ކުރިންވެސް އެތައް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު