އެމެރިކާގެ ފްލޮރިޑާގައި 16 އަހަރުގެ ކުއްޖަކު ސަލާމަތް ކުރުމަށް ކިނބުލެއް މަރާލައިފިއެވެ.

މި ކިނބޫ މަރާލާފައިވަނީ AR-15 ގެ ބަޑިއަކުން ހަމަލާދީގެންނެވެ.

ބޭރުގެ މީޑީޔާތަކުން މައުލޫމާާތު ދޭ ގޮތުގައި މަރާލާފައިވަނީ ދިގު މިނުގައި 10 ފޫޓް ހުންނަ ކިނބުލެކެވެ. އަދި މިކިނބޫ މަރާލައިފައިވަނީ އެޤައުމުގެ ފުލުހުން ކަމަށް ބޭރުގެ މީޑިޔާތަކުން މައުލޫމާތުދެއެވެ.

ބޭރުގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވަނީ މިކިނބޫ މަރާލާފައިވަނީ އޭތި ގަސްދަށުގައި އޮތުމުން ކުއްޖަކު ގަހުން ނުފޭބިފައިއޮތުމުން ކަމަށެވެ.

މިކުއްޖާގެ މަންމަ ބުނެފައިވަނީ މިކިނބޫ އޭނާގެ 16 އަހަރުގެ ދަރިފުޅު ފަހާ ދިޔަ ކަމަށާއި އެކުއްޖާ ސަލާމަތް ވުމަށް ގަހަށް އަރާފައިވާ ކަމަށެވެ. މިކިނބޫ ގަސް ދަށުގައި އޮތުމުން މިކުއްޖާ މިގަހުގައި 1 ގަޑިއިރު ހޭދަކުރަން ޖެހުނެވެ.

ފުލުހުން ބުނެފައިވަނީ މިކިނބޫ މަރާލަން ޖެހުނީ މިކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް އިތުރު ގޮތެއް ނެތިގެން ކަމަށާއި ވަރަށް ގިނަ އިރު ވަންދެން ކިނބޫ ދުރަށް ދޭތޯ އިންތިޒާރު ކުރި ކަމަށެވެ.

މީގެ އަހަރު ތަކެއް ކުރިން ޖަނަވާރު ގެންގުޅޭ ޒޫއެއްގައި ކުއްޖަކު ސަލާމަތް ކުރުމަށް ރާމާމަކުނެއް މަރާލި މައްސަލަވަނީ ވަރަށް ހޫނުވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް