އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އެމެރިކާގެ ކުރީގެ އެކްޓަރު މޭގަން މާކެލް އާއި ދެކަނބަލުންގެ ދެދަރިން ކަމަށްވާ އާޗީ އާއި ލިލީ އާއްމުންގެ ލޯތަކަށް ނުފެންނާނެ ގޮތައް ހުރިހާ ކަމެއް އިންތިޒާމް ކޮށްފައިވާ ކަމަށް ހެރީ އާއި ވިލިއަމްގެ ހަޔާތާއި ބެހޭ ފޮތެއް ލިޔަމުން އަންނަ ކްރިސްޓޮފާ އެންޑަސަން ބުނެފިއެވެ.

އެންޑަސަން ބުނާ ގޮތުގައި ހެރީ އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާގެ ދެދަރިން "ކެމެރާތަކަށް ފޮރުވައިގެން" ގެންގުޅޭށެވެ.

ހެރީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ހުރިހާ އިމްތިޔާޒުތަކެއް ދޫކޮށްލުމަށް ފަހު އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރި އެއްސަބަބަކީ ވެސް މީޑިއާތަކުން އަންނަ ޕްރެޝަރުން ސަލާމަތް ވުމެވެ. ހާއްސަކޮށް މޭގަން އަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ކިޔަމުން އަންނަ ފާޑުކިޔުންތަކުން ސަލާމަތް ވުމަކީ ހެރީގެ އެންމެ ބޮޑު އެއް މަގުސަދެވެ.

ހެރީ އާއި މޭގަން މިހާރު ދިރިއުޅެމުން އަންނަނީ އެމެރިކާގައެވެ.

ހެރީ މީގެ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ކެމެރާ ފެންނަ ކޮންމެ ފަހަރަކު އޭނާ އަށް ބިރުވެރިކަން އިހްސާސް ކުރެވެއެވެ.

ހެރީގެ މަންމަ ޕްރިންސް ޑަޔާނާ އަވަހާރަވި އެކްސިޑެންޓް ހިނގަން މެދުވެރިވި އެއްސަބަބަކީ ޕަޕަރާޒީން އެކަމަނާގެ ކާރަށް ހުރަސް އެޅުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. ޑަޔާނާގެ ދިރިއުޅުމަށް ވެސް ނޫސްވެރިންގެ ފަރާތުން ވަރަށް ގިނަ ދަތިތައް ކުރިމަތިވިއެވެ. ހެރީ ބުނެފައިވާ ގޮތުގައި ޑަޔާނާ އަށް ކުރިމަތިވި ފަދަ ކަމެއް އޭނާގެ އަނބިމީހާ އާއި ދަރިންނަށް ކުރިމަތިވިޔަ ނުދިނުމަށް އޭނާ އަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާދަމް

    އަލުން ދާށޭ މަގުން ސީދާ
    ކުށުން ހުރިހައި ވަމ މުން ތައުބާ
    މަލުން ދޭ މީރު ވަސް ނުލިބޭކަ މީ
    ހަ މަ އެން މެ ބޮޑު މޮޔަކަން

    6
    3
  2. އިސްޢާފް ސަލީމް

    މަވާ ހަމަ ކޮސްވެއްޖައިން! ތިޔޮތީ ފޮރުވައިގެން ގެންގުޅޭނޭ ދެ ލުއުލުއު ލިބިފަ!

    5
    2
  3. ހުސޭނުބޭ

    މަ ބެލިން އާނޯލްޑް އުޅޭ ފިލްމެއް. އޭގައި އުޅޭ ޕްރެޑޭޓާވެސް ލޮލަކަށް ނުފެނޭ. އަނެއްކާ ދެ ޕްރެޑޭޓާ ތަ އެ ގެންގުޅެނީ

    5
    1