އަހަރުމެން އާންމު ގޮތެއްގައި ލައި އުޅޭ އަންނައުނު ދާވުމުން ދޮންނަނީއެވެ. ދޮންނަ މެޝިނުން ނުވަތަ އަތުން ދޮވެ އެއިން ވަހާއި ދާ ސާފުކޮށްލައެވެ.

ނަމަވެސް ޖިންސް ދޮވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ސްޓައިލިސްޓް ރޭނާ ބަޓަލް ބުނެފައިވެއެވެ.

ޓިކްޓޮކްގައި ވީޑިއޯއެއް ހިއްސާކޮށް ބުނެފައިވަނީ މެޝިނަށް ލައިގެން ނުވަތަ ފެނާއި ދޮންނަ ކުޑިއެއް ބޭނުން ކޮށްގެން ޖިންސް ދޮވުމުން އޭގެ ކުލަ ބަދަލުވުމުގެ އިތުރުން ފިޓްކަން ވެސް ގެއްލެއެވެ.

އޭގެ ބަދަލުގައި ޖިންސްއިން ބެކްޓީރިއާ ނައްތާލާނެ ގޮތެއް ވެސް ރޭނާ ވަނީ ކިޔައިދީފައެވެ. ޖިންސް ނުދޮވެ އެއިން ބެކްޓީރިއާ ނައްތާލުމަށް އެންމެ ރަނގަޅު ގޮތަކީ ޖިންސް ފުރިޖަށް ލުން ކަމުގައި ރޭނާ ބުނެފައިވެއެވެ.

ބަންދު ކުރެވޭ ގޮތަށް ހުންނަ ކޮތަޅަކަށް ޖިންސު ލައި ރަނގަޅަށް ބަންދު ކޮށްލުމަށް ފަހު ދެ ދުވަސް ވަންދެން ފުރިޖުގައި ބެހެއްޓުމަށް ރޭނާ ލަފާދެއެވެ. ދެ ދުވަސް ފަހުން ފުރިޖުން ޖިންސް ނެގުމުން ހީވާނީ މުޅިން އާ އެއްޗެއްހެން ކަމަށް ވެސް ރޭނާ ބުނެފައިވެއެވެ.

މިއީ ގަބޫލު ކުރަން ދަތި ކަމެއް ނަމަވެސް މި އުކުޅަކީ އެންމެ ރަނގަޅު އަދި ކާމިޔާބު އުކުޅެއް ކަމަށް ވެސް ރޭނާ ފާހަގަ ކޮށްފައިވެއެވެ.

ރޭނާގެ މި ޓިކްޓޮކް ވީޑިއޯ އާއްމުވެފައި ވަނީ ލެވިސްގެ ސީއީއޯ ވެސް ޑެނިމް އަންނައުނުތައް ނުދޮވުމަށް އިރުޝާދު ދިނުމަށް ފަހުއެވެ.

ޗިޕް ބާގް ބުނެފައިވަނީ ދުވަހަކު ވެސް އޭނާގެ ޖިންސްތައް ނުދޮންނަ ކަމަށާއި ޖިންސްގައި ލައްގަނޑެއް ޖެހިއްޖެ ނަމަ ދަތް އުނގުޅާ ބޭސް ބޭނުން ކޮށްގެން އެތަނެއް ސާފު ކޮށްލަނީ ކަމަށެވެ.

ރޭނާގެ ހިޔާލު ކަމުގައިވާ ދެ ދުވަސްވަންދެން ފުރިޖަށް ޖިންސް ލުމާއި ލައްގަނޑެއް ޖެހުމުން ދަތް އުނގުޅާ ބޭސް ބޭނުން ކުރުން މިހާރު ވަނީ ގިނަ ބަޔަކަށް ކަމުގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އަތް ދަމާފާ ހޫރާލާނީ

  2. ދޯކާ 1

    ބައެއް އަންހެންވެރީން އުފާކުރާނެ ހަބަރެއް // ދޮންނާނެ އެއްޗެހި މަދުކޮށްލެވޭނެ ފުރުސަތެއް //

    4
    1
  3. ހޮނޑާފުށީ ބޮޑުހުސޭނު

    އެވެރިން ބަލާނެ ނުދޮވެ ވާންއޮތް ގޮތް ފެނޭތޯ . ބޮޑުކަމުގޮސްފަވެސް ފޮހެލަންވީ .

  4. ހުސޭނުބޭ

    ދޮވެފައި ކާ ތަށިތައްވެސް ދޮންނާނެކަމެއް ނެތް. ބެކްޓީރިއާތައް މަރާލަން ފްރިޖަށް އަޅާފައި ބަހައްޓާ!