ދެކުނު ކޮރެޔާގެ ޑުރާމާތަކަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ވަރަށް ފޯރިއާއި އެކު ގިނަ ބަޔަކު ބަލަމުން އަންނަ ޑުރާމާތަކެކެވެ. ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކަށް ކޮރެޔާ ޑުރާމާ ވަރަށް ކަމުދެއެވެ.

ކޮރެޔާ ޑުރާމާތަކުގެ ވާހަކަ ރަހުމަތްތެރިން ބުނުމުން އެޑުރާމާތައް ބަލަން ފަށަން ބައެއް މީހުން ބޭނުންވެއެވެ. އެތައް ހާސް ޑުރާމާއެއްގެ ތެރެއިން ފުރަތަމަ ބެލޭ ޑުރާމާއެއްގެ ސަބަބުން ފޫހިވެދާނެއެވެ.

އަލަށް ޑުރާމާ ބަލަން ފަށައި ފަރާތްތަކުން ބަލައިލުމަށް އެންމެ ކަމުދާ ޑުރާމާތަކަކީ:

ބޯއީސް އޯވާ ފްލާވާސް

މި ޑުރާމާ ނުބަލާނަމަ ކޮރެޔާ ޑުރާމާގެ ސަޕޯޓަރެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ލީ މިން ހޯއާއި އެކު އިތުރު ފަންނާނުންތަކެއް ފެނިގެންދާ މި ޑުރާމާއަކީ އެންމެ ގިނަ މީހުންނަށް ކަމުދާ އެއް ޑުރާމާއެވެ.

ސްޓްރޯންގް ވޮމެން ދޮ ބޮންގް ސޫ

އާދަޔާ ޚިލާފު ބާރެއް ހުންނަ އަންހެނެއްގެ ވާހަކަތައް ކިޔައިދޭ މި ޑުރާމާއަކީ ހެއްވާ މަޖާ ލޯބީގެ ޑުރާމާއެކެވެ.

ވަޓްސް ރޯންގް ވިތު ސެކްރެޓަރީ ކިމް؟

ޕާކް ސިއޮ ޖުންއާއި ޕާކް މިން ޔަންގް ފެނިގެންދާ މި ޑުރާމާއަކީ މަޖާ އަދި ލޯބީގެ ޑުރާމާއެކެވެ. މިއީ ވެސް ގިނަ ބަޔަކަށް ކަމުގޮސްފައިވާ ޑުރާމާއެކެވެ.

ހީލަރ

ޕާކް މިން ޔަންގްއާއި ޖީ ޖޭން ވުކް ފެނިގެންދާ މި ޑުރާމާއަކީ އެކްޝަންގެ އިތުރުން މަޖާ އަދި ލޯބީގެ ޑުރާމާއެކެވެ. އެކްޝަން ޑުރާމާ ބަލާހިތްވާ ފަރާތްތަކަށް މިއީ ވަރަށް ރަނގަޅު ޑުރާމާއެކެވެ.

ދި ހަޔާސް

ލީ މިން ހޯއާއި ޕާކް ޝިން ހައެ އާއި ކިމް ވޫބިންގެ އިތުރުން ކިމް ޖި ވޮން ފެނިގެންދާ މި ޑުރާމާއަކީ ސުކޫލު ހަޔާތް ދައްކުވައިވޭ ރުޅިވެރިކަމާއި މަޖާ އަދި ލޯބީގެ ޑުރާމާއެކެވެ.

މީގެއިތުރުން ވެސް ގޮބްލިން، މައި ލަވް ފްރޮމް އެނަދާ ސްޓާ، ވެއިޓް ލިފްޓިން ފެއަރީ ކިމްބޮކް ޖޫ، ސްކާލެޓް ހާޓް ރެޔޯ، ޑިސެންޑެންޓްސް އޮފް ދަ ސަން ފަދަ ޑުރާމާތައް ހިމެނެއެވެ.