ކާތަކެތި ތައްޔާރު ކުރުމަށް ގެންގުޅޭ މަސާލާތަކަކީ އާއްމު ގޮތެއްގައި އެއިން އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ. އޭގެތެރޭގައި ދިރި، އަސޭމިރުސް، ރީނދޫ ފަދަ ބާވަތްތައް ހިމެނެއެވެ.

ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ރީނދޫލަކީ ކެއުމުގައި ނުހިމަނައި ދޫކޮށްލެވޭ ވަރުގެ އެއްޗެއް ނޫނެވެ. ހަމުގެ މައްސަލަތަކުން ބަރުދަނަށް ވެސް އޭގެ އަސަރު ކުރުވާ ބާވަތެކެވެ.

ރީނދޫލުން ހަށިގަނޑަށް ލިބޭ ފައިދާ

ހުޅުތަކުގައި ރިހުން ރަނގަޅުވޭ

އުމުރުން ދުވަސްވާ ވަރަކަށް ހުޅުތަކުގައި ރިއްސާ ރިއްސުމަށް ބޮޑު ލުޔެއް ލިބެއެވެ. ފަހުގެ ދިރާސާއެއްގައި ބުނެފައިވަނީ ރީނދޫ އަޅައިގެން ތައްޔާރު ކޮށްފައިވާ ބުއިންތަކުން ހުޅުގައި ރިއްސާ މީހުންނަށް 50 އިންސައްތަ ލުއިވެއެވެ.

ބަރުދަން ލުއިކޮށްދޭ

ބަރުދަން ލުއި ކުރުމަށާއި ބަނޑުގައި ޖަހާފައި ހުންނަ ސަރުބީތައް ވިރުވާލުމަށް ރީނދޫ ވަރެއް ނެތެވެ. 2015 ވަނަ އަހަރު ކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން ބަރުދަން އިތުރުވެ ސަރުބީ ގިނަ ބައެއް ފަރާތްތަކުން ކޮންމެ ދުވަހަކު 800 މިލިގުރާމު ރީނދޫ ބޭނުން ކޮށްގެން 30 ދުވަހުގެ ތެރޭގައި ނަތީޖާ ފެނިފައިވާ ކަމަށެވެ.

ހަކުރު ބަލިން ރައްކާތެރިކޮށްދޭ

2012 ވަނަ އަހަރު ހަކުރު ބަލިޖެހިފައިވާ 240 މީހަކު ބޭނުން ކޮށްގެން ކޮށްފައިވާ މި ދިރާސާއިން އެނގޭގޮތުގައި ރީނދޫ އަޅައިގެން ބުއިންތައް ބުއިމަކީ ނުވަތަ ކެއުމުގައި ރީނދޫ ބޭނުން ކޮށްގެން ހަކުރު ބަލި ދަށްކޮށްދެއެވެ.

ސިކުނޑިއަށް ބޭނުންވާ ޕްރޮޓީން ލިއްބައިދޭ

އަލްޒައިމާ، ޕާކިންސަން ފަދަ ސިކުނޑީގެ ބަލިތަކަށް ވެސް ރީނދޫއަކީ ފަރުވާއެކެވެ.

މީޣެއިތުރުން ބަނޑު ހަރުވުމާއި ހަންގަނޑު އޮމާން ކުރުމަށާއި މޫނު މަތީގައި ނަގާ ބިހިތައް ނައްތާލާ މޫނުގެ ކުލަ އަލި ކޮށްލުމަށް ވެސް ރީނދޫއަކީ ވަރަށް ރަނގަޅު ބާވަތެކެވެ.