ބަރުދަން ބަރުވެ، ހަށިގަނޑު ފަލަވަމުންދާ ކަމަށް ބުނާ މީހުންގެ އަދަދު ނިސްބަތުން ދަނީ ގިނަވަމުންނެވެ. ބަރުދަން ލުއިކޮށް ލޫޅާފަތި ނުވަތަ ފަތި ހަށިގަނޑެއް ހޯދުމަށް އެތައް މަސައްކަތްތަކެއް ކުރެވޭތަން ވެސް ފެނެއެވެ.

ބަރުދަން ލުއިކޮށް ހަށިގަނޑު ލޫޅާފަތިކޮށް ބަހައްޓަން ބޭނުން ނަމަ ވަކި ބާވަތްތަކެއް ކާނާ ނުކެއުމަށް ގިނަ ބަޔަކު އިރުޝާދު ދެއެވެ. އެހެންކަމުން ޑައިޓް ކުރުމުގައި އުޅޭ މީހުންގެ ކެއުމުގައި ނުހިމެނޭ އެތައް ބާވަތްތަކެއް ހުރެއެވެ.

ނަމަވެސް އެމެރިކާގެ ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ބަރުދަން ބަރުވަ ހަށިގަނޑު ފަލަވަނީ ހަމައެކަނި ކެވޭ އެއްޗެއްގެ ސަބަބަކުން ނޫނެވެ. އެއީ ކެވޭ މިންވަރުގެ ސަބަބުންނެވެ.

ބަރުދަން އިތުރުވަނީ ކެލޮރީސްގެ ސަބަބަކުން ނޫނެވެ. އޭގެއިތުރުން ގްލައިސެމިކް ހައި ކާނާގެ ބާވަތްތަކުން ވެސް ފަލަވެއެވެ.

ހާވާޑް ޓީ.އެޗް ޗެން ސުކޫލުގެ 17 ސައިންޓިސްޓެއް ކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުގައި ކޮވިޑްގެ ސަބަބުން ގިނަ ބަޔަކު އާދަޔާ ޚިލާފަށް ފަލަވެފައިވަނީ ހަށިގަނޑަށް ހަކަތަ ލިބުން މަދުންވެ، ކެއުމުގެ މިންވަރަށް އައި ބަދަލުތަކާއި އަދި ހިތާމަ ކުރުމުން ކަމަށެވެ.

''ވަރަށް ގިނަ މީހުންގެ ކެއުމަށް ބަދަލު އައިސްފި. ކެއުން މަނާކޮށް ކެލޮރީސް އިތުރުކޮށްފި'' ހާވާޑު ސުކޫލުގެ ސައިންޓިސްޓެއް ބުނެފައިވެއެވެ.

މި ދިރާސާގައިވާ ގޮތުން ބަރުދަން މެނޭޖުކުރުމަށް ކައި ސަބަބު ވެސް ވަރަށް މުހިންމެވެ. ގިނަ ފަހަރަށް ދެރަވުމުން، ހާސްވުމުން، ފޫހިވުމުން ނުވަތަ ބަނޑުހައި ނުވި ނަމަވެސް ކައި ހިތް ވުމުން ވެސް ކެވެއެވެ.

މިފަދަ ވަގުތުތަކުގައި ކެވޭ މިންވަރަށް ނުބެލޭ ކަމަށް ވެސް މި ދިރާސާގައިވެއެވެ. މިފަދަ ހާލަތްތަކުގައި ވެސް އެންމެ މުހިންމީ ކެވޭ އެއްޗެއް ނޫން ކަމަށާއި ކެވޭ މިންވަރު ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާނީ

    ފަލަވަނީ މާބޮޑަށް ސްޓްރެސް ވާތީ.
    ވަރަށް ކުޑަކޮށް ކާމީހުންވެސް ސްޓްރެސް ވެގެން ފަލަވެފައެބަތިބި