ޝާހުރުކް ޚާނާއި ގައުރީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ޚާން މަސްތުވާ ތަކެތީގެ މައްސަލައެއްގައި އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ހައްޔަރު ކުރުމާއި އެކު އެ އާއިލާގެ އެންމެންނަށް ވެސް ވަރަށް އަސަރު ކޮށްފައިވެއެވެ.

ޝާހުރުކް ޚާނާއި ގާތް ގުޅުމެއް އޮންނަ ފަރާތަކާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވަނީ ދަރިފުޅު އާރްޔަން ހައްޔަރު ކުރުމުން އެކަމުގެ ހިތާމާގައި ޝާހުރުކް ޚާނާއި ގައުރީ ޚާން ކެއުމާއި ނިދިން މަހުރޫމު ވެފައިވާ ކަމަށެވެ.

ފަހުގެ ޚަބަރުތަކުގައިވާ ގޮތުން ޝާހުއާއި ގައުރީގެ އިތުރުން އާރްޔަން ވެސް ޖަލުގައި ހުރެ ކެއުމާއި ދުރުވެފައިވާ ކަމަށް ވެއެވެ.

އޮކްޓޫބަރު އަށް ވަނަ ދުވަހު ޖަލަށް ބަދަލު ކޮށްފައިވާ އާރްޔަން އާރތަރު ރޯޑު ޖަލުގައި ހުރެގެން ކެއުމާއި އަދި ފެން ބުއިން މަދުކޮށްފައިވެއެވެ.

އާރްޔަން ކެއުމާއި ފެން ބުއިން މަދު ކޮށްފައިވަނީ ޖަލުގެ ފާހާނާ ބޭނުން ކުރަން ބޭނުން ނުވާތީ ކަމަށް ރިޕޯޓް ތަކުގައިވެއެވެ. ޖަލުގެ މުވައްޒަފުންގެ އާދޭހާއި އެކު ވެސް އާރްޔަން ޖަލުގެ ފާހާނާ ބޭނުން ކުރުމާއި ކެއުމަށް ދަނީ ދެކޮޅު ހަދަމުންނެވެ.

ޝާހުރުކް ގައުރީގެ އިތުރުން ޖަލުގެ މުވައްޒަފުން ވެސް މިހާރު ކަންބޮޑުވެފައިވަނީ އާރްޔަން ނުކައި، ފެން ނުބޮއެ، ފާހާނާ ބޭނުން ނުކުރަން އުޅޭތީ އޭނާއަށް ސިއްހީގޮތުން މައްސަލަތަކެއް ކުރިމަތި ވެދާނެތީއެވެ.

އާރްޔަން ކަފާލާތުގެ ދަށުން ޖަލުން ސަލާމަތް ކުރުމަށް އެތައް ފަހަރަކު ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން ވަނީ އެ ހުށަހެޅުންތައް ބާތިލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 😡

    ވަރެއްގެ ކަމެއްނުންމި. ނުކައިނުބޮވެ އޮވެމަރުވެބަލަ. މިމީހުންމީ ދެންމާމަތީ ބަޔަކީތަ؟

    6
    5