މުސާރައިގެ ގޮތުގައި 33،000 ރުފިޔާ ލިބޭ ދިވެހި ފިރިހެނަކު އިންނާނެ "ހިކި" އަންހެނެެއް ހޯދަން އިއުލާނުކޮށްފިއެވެ.

މިހާރުވެސް ގިނަބަޔަކަށް ހަޔާތުގެ ބައިވެރިން ހޯދަން އިއުލާނު ކުރާ ކައިވެނި ޕޭޖްގައި ޖެހި ޕޯސްޓެއްގައި ބުނެފައި ވަނީ، ޑިގްރީ ފެންވަރަށް ކިޔަވާފައިހުރި އެ ފިރިހެން މީހާ އަކީ މާލެއަށް ނިސްބަތްވާ މީހެއް ކަމަށެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ބުނެފައިވަނީ، އޭނާއަކީ 39 އަހަރުގެ މީހެއް ކަމަށާއި، އިސްކޮޅުގައި ފަސް ފޫޓު އަށް އިންޗި ހުންނާނެ ކަމަށެވެ. އަދި، އެ މީހާ އަކީ ކެރިއަރެއް ނޫން ކަމަށާއި، ދުވަހަކުވެސް ކައިވެންޏެއް ކޮށްފައި ނުވާ މީހެއް ކަަމަަށް ޕޭޖުގައި ހިއްސާ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.

No photo description available.

އެ ޕޯސްޓްގައި ބުނެފައި ވަނީ، އޭނާ ބޭނުންވަނީ، ދަރިއަކު ނެތް، ފަލަ ނޫން މީހެއް ކަމަށެވެ. އަދި އެ މީހާ އަކީ ހީވާގި މީހަކަށް ވާން ވާނެކަމަށް ބުނެފައިވެއެވެ. ކޮންމެ ރަށެއްގެ މީހަކަށް އަންހެން މީހާ ވިޔަސް މައްސަލައެއް ނެތްކަމަށް އެ މީހާ ބުނެފައިވެއެވެ.

ކައިވެނި ޕޭޖުން ކުރާ ޕޯސްޓްތަކަކީ އަސްލު ޕޯސްޓްތައް ކަަމަށް އެ ޕޭޖުން ބުނެެއެވެ. އެޕޭޖް މެދުވެރިކޮށް އެތައް ބަޔަކު ކައިވެނީގެ ގޮތުން ގުޅިފައިވެއެވެ.

އެފަދަ ޕޭޖްތައް ހިންގާތާ މިހާރު އަހަރުތަކެއްވެފައިވާއިރު، އެފަދަ ޕޭޖްތަކުގައި މިހާރުވެސް އެތައް ސަތޭކަ މިފަދަ ޕޯސްޓްތައް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަޅޭ

    އަޅެ މަ ވަރައް ހިކިވާނެ.
    އަޅެ ގުޅާނެ ނަމްބަރ ދީ ބަލަ

    15
  2. ކޭ

    މާބަނޑުވެގެން ވިޔަސް ހާލަތެއްގައި އަންހެންމީހާ ފަލަވެއްޖެނަމަ ވަރިނުކޮށް ހުންނާނެބާ ތިމީހާ.

    25
    1
  3. Anonymous

    ވަކި ހިސާބަކުން ފަލަވުމުން އެ ލޯބީގެ ސިއްރު އެ ދިޔައީ ކޮންތާކަށް؟ އެއްކަލަ ދެމަފިރިންގެ ދޭތެރޭގައި އޮންނަންޖެހޭ ލޯތްބާއި އޯގާތެރިކަން އެދިޔައީ ކޮންތާކަށް؟ ލޯބީގާ ދޮގެއް ނޫން އެހެދީ؟

    20
    1
  4. މިތުރު

    މިހާރު އޯކޭވެއްޖެ .. ތޭންކްސް ފޯ ހުރިހާ ކޯލް އަދި މެސެޖްތަކަށް

  5. Anonymous

    ޢޭ ފައިސާ މުހިންމެއްނޫން ލޯބިން ލޯބިވާނަމަ ކީއްކުރާ ފައިސާއެއް ފައިސާއިން ނުގަނެވޭނެ ހަމަ އެކަނި އެއްޗަކީ ލޯބި މަވެސް ގަބޫލު ކުރަން ފައިސާއިން ޖިސްމު ގަނެވިދާނެ ދުނިޔޭގެ ހުރިހާތާކު ހަށިވެސް ވިއްކާ ދޯ އެކަމަކު ލޯބި ނުގަނެވޭނެ އެއީ ވ މުގައްދަސް އެއްޗެކޭ

    1
    1
  6. ޕަރީ

    ޢޭ ފައިސާ މުހިންމެއްނޫން ލޯބިން ލޯބިވާނަމަ ކީއްކުރާ ފައިސާއެއް ފައިސާއިން ނުގަނެވޭނެ ހަމަ އެކަނި އެއްޗަކީ ލޯބި މަވެސް ގަބޫލު ކުރަން ފައިސާއިން ޖިސްމު ގަނެވިދާނެ ދުނިޔޭގެ ހުރިހާތާކު ހަށިވެސް ވިއްކާ ދޯ އެކަމަކު ލޯބި ނުގަނެވޭނެ އެއީ ވ މުގައްދަސް އެއްޗެކޭ

  7. ޢަލީޒާ

    މީހަކު ވ ވަރަކުން ގެންގުޅުނު އަންބަކު ކުއްލި ގޮތަކަށް ބަލިވެ ބަލިމަޑުކަން ދިގުލައިދިއުމުން އަނބި ގޮއްޔެ ދޫކޮށްލާފައި މަގޭ ކައިރި އައް އައިސް ހަތަރެސްފައިން ސަލާންޖަހާފަ ބުނޫއެވެ ތިބާ ދެކެ މަވަރަށް ލޯބިވެއެވެ މަ ގަތީ އަމަށަކު ބިރެއްނޫނެވެ އެ ގޮއްޔެ އަށް ހެދި ގޮތް މަށަށްވެސް ހަދާނެތާއެވެ ފިރިންނަށް އޮތީ ބަލިވީމަ ބޭސްފަރުވާކޮށް ދިނުމެވެ ބަލި ވީމަ އެހެން މީހުން ފަހާ ދުވުމެއްނޫނެވެ މީހުންގެ ފިރިން ފަހަތުން ނެއްޓެންނޭގިގެން އުޅޭ އަންހެންކުދިން ކާރީ ބުނެލަން އޮތީ އެއްފުޅައްމަތިން ފުމުނު ބަކަރި އަނެއްފުޅައްމަތިންވެސް ފުމޭނެއެވެ ދުރުވެ ތިބޭށެވެ

  8. ޖައު

    އައި ތިންކް އައި ނޯ ޔޫ. ޔޫ ވެސް އެކަމު ހިއްކެއް ނޫނެއްނު ވަކި.

  9. ވަރަށް ބަރާބަރު އިޝްތިހާރެއް

    ތިޒުވާނާއަށް ހެޔޮއެދޭ ހާލު ހެޔޮދުޢާ ކުރަމެވެ. ތީގައި ހުރި ޝަރުޠުތަކަކީ ކައިވެންޏެއް ކާމިޔާބުވެ އުފާވެރި ވުމަށް ކޮންމެހެން ވެސް ބޭނުންވާ ކަންކަމެވެ. ކަންނެތް އަންހެނަކާ ޖެހިއްޖިއްޔާމުން ޒިންދަގީ ބަރުބާދުވީ އެވެ. މީރު ކެއުމެއް ނުލިބޭނެ އެވެ. ދަރިން ލިބުމުން އެދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވޭނެ އެވެ. ފަހުބަހަކަށް މަދޭނެ ނަޞޭޙަތަކީ ތިބާއަށް ލިބޭ އަންހެނަކާއި ދެމީހުން ވެސް ބަރާބަރަށް ނަމާދުކޮށް، ކޮންމެ ދުވަހަކުވެސް ޤުރްއާނުގެ ކުރު ސޫރަތެއް ނަމަވެސް ކިޔަވައި، ރަސޫލާ ސޢވ ގެ މައްޗަށް ޞަލަވާތް ކިޔަވައްޗެވެ. ﷲ ތިބާގެ ދެދުނިޔެ ބާއްޖަވެރި ކުރައްވާށި! އާމީން