އިންޑިއާގެ ތަރި ސިދާތު ޝުކުލާ މަރުވުމުގެ ކުރިން ޝެހެނާޒު ގިލްއާއި އެކު ކުޅެފައިވާ އެންމެ ފަހު މިޔުޒިކު ވީޑިއޯ ލަވައިގެ ނަން ''އަދޫރާ'' އަށް ބަދަލު ކޮށްފިއެވެ.

މިހާރު ރިލީޒު ކުރުމަށް ތައްޔާރު ވަމުން އަންނަ މި ލަވައިގެ ނަން ''ހެބިޓް'' އިން ''އަދޫރާ'' އަށް ބަދަލު ކުރުމުން ޝެހެނާޒާއި ސިދާތުގެ ސަޕޯޓަރުން ތިބީ ހިތްހަމަ ނުޖެހިފައެވެ.

މި ލަވަ ރިލީޒު ކުރާ ތާރީޚް ގާތްވަމުންދާ ވަރަކަށް ޝެހެނާޒްގެ ސަޕޯޓަރުން އުފާވެފައި ތިބީ ފަހު ފަހަރަށް ވެސް އެމީހުންނަށް އެންމެ ކަމުދާ ދެ ފަންނާނުން އެކުގައި ފެނިލުމުގެ ފުރުސަތު ލިބޭތީއެވެ.

ނަމަވެސް ލަވަ އުފެއްދި ފަރާތުން ލަވައިގެ ނަން ބަދަލު ކުރުމުން ސަޕޯޓަރުން ހިތްހަމަ ނުޖެހިފައި ތިބީ އެކަމުން މަންފާ ހޯދުމަށާއި، ފައިސާގެ ބޭނުމުގައި ލަވައިގެ ނަން ބަދަލު ކުރުމުންނެވެ.

ސާރެގަމައިން ކޮށްފައިވާ ޓުވީޓެއްގައިވަނީ ޝެހެނާޒުއާއި ސިދާތުގެ "އަދޫރާ" ލަވަ ވަރަށް އަވަހަށް ބެލުންތެރިންނާއި ހަމައަށް އަންނަނީ ކަމަށެވެ.

މި ޓުވީޓަށް ރިޕްލައިކޮށްފައިވާ ބައެއް ފަރާތްތަކުން ވަނީ ލަވައިގެ ނަން ބަދަލު ކުރުމުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

މީހެއް އެންމެ ފަހު ޕްރޮޖެކްޓަށް ހަދާ ގޮތަކީ ތިއީ ތޯ ބައެއް ފަރާތްތަކުން ސުވާލު ކޮށްފައިވާއިރު ބައެއް ފަރާތްތަކުން ބުނެފައިވަނީ ލަވައިގެ ނަން ވިޔަފާރި ކުރުމަށް ބޭނުން ނުކުރުމަށާއި ސިދާތުއަށް ޓެގް ނުކުރި ނަމަވެސް ހޭޝްޓެގެއްގެ ގޮތުގައި އޭނާގެ ނަން ބޭނުން ކުރުމަށެވެ.

އަދި ބައެއް ފަރާތްތަކުން ބުނެފައިވަނީ ހިތްހަމަ ނުޖެހިފައިތިބި ކަމަށާއި ލަވައަށް ފުރަތަމަ ދީފައިވާ ނަން ''ހެބިޓް'' ގެ ގޮތުގައި ލަވަ ރިލީޒް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަމީތާބް

    މަހީކުރީ އަދާލަތުގައި އުޅުނު ޝިދާތާކަމަށް