ދިވެހި ފިލްމީ ދާއިރާގެ އެންމެ "ލޯބި ޖޯޑު" ކަމަށް ގިނަ ބަޔަކު ބުނާ މަރިޔަމް އައްޒަ އާއި އަބްދުﷲ މުއާޒް (މުއާ) އަށް ދަރިއަކު ލިބެން އުޅޭ ކަމަށް ބުނާ އަޑުތައް ގަދަވެފައިވަނިކޮށް، މި ވާހަކަ އައްޒަ ދޮގު ކޮށްފިއެވެ.

އައްޒަ ބަނޑުބޮޑު ނޫންކަން ހާމަކޮށް އޭނާ ވަނީ އިންސްޓަގްރާމްގައި ސްޓޯރީއެއް އަޕްލޯޑް ކޮށްފައެވެ. އެ ސްޓޯރީގައި ލިޔުންކޮޅެއް ލިޔެފައިވާއިރު އެ ލިޔުމުގައި ބުނެފައިވަނީ އޭނާ ބަނޑުބޮޑު ނޫން ކަމަށެވެ.

"އެބައޮތް އުފާވެރި ހަބަރެއް. އަހަރެން ބަނޑުބޮޑެއް ނޫން. މަރުހަބާ ކިޔުން ހުއްޓާލާ" އެ ޕޯސްޓުގައި ލިއެފައިވެއެވެ.

އައްޒަ މިފަދައިން ލިއެ ޕޯސްޓް ކޮށްފައިވަނީ ގިނަ ބަޔަކު އޭނާ ބަނޑުބޮޑު ކަމަށް ޝައްކުކޮށް، މީސް މީޑިއާ މެދުވެރިކޮށް މަރުހަބާ ކިޔަމުންދާ ދަނޑިވަޅެއްގައެވެ. އައްޒަ ބަނޑުބޮޑު ކަމަށް ގިނަ ބަޔަކަށް ހީވެފައިވަނީ ފިރިމީހާ މުއާ ޓެގުކޮށް ފޭސްބުކްގައި "ٱلْحَمْدُ لِلَّٰهِ‎) ލިއެ ސްޓޭޓަސްއެއް ޖެހުމާއި ގުޅިގެންނެވެ.

އައްޒަގެ މި ޕޯސްޓު ޖަހާފައިވަނީ ލަފާކުރެވޭ ގޮތުގައި މުއާއަށް ސަރުކާރުން ސިޔާސީ މަގާމެއް ދިނުމުންނެވެ. މުއާ އަށް ދީފައި ވަނީ އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓަ ފޯ އާޓްސް (އެންސީއޭ) ގެ ސީނިއާ އެކްޒެކްޓިވް ޑިރެކްޓަރުގެ މަގާމެވެ. އެކްޒެކްޓިވް ފެންވަރުގެ ބޭފުޅުންނަށް މުސާރައަކީ 25،000 ރުފިޔާއެވެ.

މުއާއަށް މަގާމު ލިބުމުން އެކަން ފާހަގަކޮށް، އިއްޔެ އައްޒަގެ އާއިލާއިން ވަނީ ކޭކުވެސް ފަޅާފައެވެ.

މިކަމާއި ގުޅިގެން އިތުރަށް އައްޒަގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    އެކަމަކާ އަހަރުމެނަކާ ކީ އް؟

    43
    3
  2. ޖަމަލު ފޮޑި

    ކޭކު ވެސް ފަޅަންވީ،...

    2
    1
  3. ހާލުފޮޅި

    މީހަކު މަރުހަބާ ކިޔައިފިތަ؟؟

  4. ގެރޭ

    ތި އެކަނިތަ އަންހެނަކު އުޅެނީ ހީވަނީ ދެން މާމަތީ އެއްޗެއްހެން ކަލޭ އޮރިޔާމުން ދުވިޔަސް އަހަރުންނައް ކީއްތަ

    15
    1
  5. އަހުމަދު

    ރާއްޖޭގަ ފުރަތަމަ ބަނޑުބޮޑުވި މީހާތަ؟

    15
  6. ކައުންސެލަރު

    މަރުހަބާ އައްޒަ

    5
    14
  7. ޢަނާ

    ނުކިޔަވާ ނާޗަރަންގީ ޖަހަން އުޅޭ މީހުންނަށް ބޮޑެތި މުސާރަ ދީފައި މި ބައިތިއްބަނީ. ޥާކަމެއް ހަރާމް... ސިޔާސީ މީހުންނަށް ވައިޖަހާ މޮޅެތި ސްޓޭޓަސް ޖަހާލީމަ ވަޒީފާ މިލިބެނީ.މޮޅަށް ކިޔަވައިގެން ހުރި މީހަކަށް ތި މަގާމު ދިނިއްޔާ ކީއްތަވީ... ނާގާބިލް ވެރިން ތިބިއްޔާ ވާނީ މިހެން.. މުޅި ގައުމު ހަލާކުވެއްޖެ.. ހުރި ހިތާމަ އެއްގެ ބޮޑު ކަމާއެވެ...

    20
    1
  8. Anonymous

    މަރުހަބާ މުއާ.

    5
    9
  9. މުއާޒު

    އައްޒަ ބަނޑު ބޮޑުވެއްޖެއާ ،މުއާ އެހެން މީހަކާ އިންނާނެ އިނގޭ،