އައިޝާ ޓަކިޔާއަކީ މިހާރު ދެދަރިންގެ މަންމައެކެވެ. އޭނާ ފިލްމްތަކުން މިހާރު ނުފެންނަނީ ދަރިމައިވުމުގެ ސަބަބުންނެވެ. ނަމަވެސް އޭނާ ބުނީ މަޔަކަށް ވުމަކީ ލިބޭ ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ.

"މައިވަންތަކަމަކީ ވަރަށް ތަފާތު ތަޖުރިބާއެއް. މިއީ ވަރަށްގިނަ ކަންތައްތަކެއް ދަސްވާ ކަމެއް. ކެތްތެރިވުމާއި، މަޑުމައިތިރިކަން އިސްކުރުމާއި، އަޅާލުމާއި، ލޯތްބާއި، އެހެން އިންސާނުންނަށް ހިތްބުރަ ނުކުރުމާއި ބުރަމަސައްކަތުން ލިބޭ ހިތްހަމަޖެހުމާއި ދެން ވަރަށްގިނަ ކަންތައްތައް." އޭނާގެ ތަޖުރިބާ ހިއްސާކުރަމުން އައިޝާ ޓަކިޔާ ބުންޏެވެ.

އޭނާ އިތުރަށްބުނީ "މަޔަކަށް ވުމަކީ ކުރެވޭ ވަރަށް ލޯބި އިޙްސާސެއް. މިއީ ވަރަށް އުފާވެރިކަމެއް. އަދި މިިކަން އަހަރެން ކޮންމެ ދުވަހަކު ތަޖުރިބާކުރަން. މިއީ ބުރަމަސެއްކަތެއް ނަމަވެސް އުފާވެރި ކަމެއް. އަހަރެންގެ ކުޑަ ދަރިއަށް މިހާރު 3 އަހަރުވީ، އެކުއްޖާ ބެލުމަށް ގިނަ ވަގުތު ހޭދަކުރަންޖެހޭ. މިވަރު ކުއްޖެއް ބެލުމަށް ހޭދަކުރާނެ ވަގުތާއި، އުނދަގޫ ހުރިހާ މައިންނަށް ވެސް އެނގޭނެ" އެވެ.

އައިޝާ ޓަކިޔާއަށް ވަނީ މިހާރު ދެދަރިން ލިބިފައެވެ. އެއީ ތިން އަހަރު ފުރިފައިވާ ފިރިހެން ދަރި މިކައިލް އާއި ފަސް އަހަރުގެ އަންހެން ދަރި ފަރްހާން އަޒްމީއެވެ. މި ދެ ލޯބި ލޯބި ދެކުދިންނާއެކު އައިޝާ ޓަކިޔާ އުޅެމުންދަނީ އުފާވެރި ލޯބި ދިރިއުޅުމެކެވެ.

ކިޔުންތެރިންގެ ހިޔާލު